Saturday, October 31
ފަޒީ ހިޖާމާގެ މައްސަލައެއް އަނެއްކާވެސް މިނިސްޓްރީ ގެ ސަމާލުކަމަށް

ހިޖަމާ ޖަހައިގެން ބަރުދަން ލުއިކުރެވޭނެކަމަށް ބުނެ ފަޒީސް ހިޖާމާ ކްލިނިކްއިން ފޭސްބުކުގައި ކުރި ޕޯސްޓެއްގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ވިދާޅުވީ ފަޒީސް ހިޖާމާގެ އެ ޕޯސްޓާ ގުޅިގެން ގިނަ ޝަކުވާތަކެއް މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

އެހެންވެ އެ މައްސަލަ ބަލަމުންދާކަމަށް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

ފަޒީސް ހިޖަމާ ކުލިނިކުން މިއަދު ފޭސްބުކުގައި ކުރި އެ ޕޯސްޓުގައި ވަނީ ހިޖާމާގެ އެންމެ ސެޝަނަކުން 3-4 ކިލޯ ލުއިކޮށްލެވޭނެ ކަމަށާއި ބަރުދަން ލުއިކުރަން ޑައިޓް ކުރުމާއި ކަސްރަތުކޮށް އަދި ދުވަން ކޮންމެެހެން ދާކަށް ނުޖެހޭނެ ކަމަށެވެ.

ފަޒީސް ހިޖާމާއާ ގުޅުންހުރި މައްސަލަތަކެއް މީގެ ކުރިންވެސް ހެލްތު މިނިސްޓްރީން ވަނީ ބަލައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު