އާދިއްތަ, November 8
ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ ސުކޫކް އަގު މަތިވެއްޖެ

އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވެ، ސަރުކާރުގެ މާލީ ހިންގުމުގެ ކާމިޔާބީއާ އެކު، ފާއިތުވި މަސްތަކުގައި ރާއްޖޭގެ ސުކޫކުގެ އަގު މަތިވެއްޖެ އެވެ.

ރާއްޖޭގެ އިގުތިސާދަށް ބައިނަލްއަގުވާމީ ބާޒާރުގެ އިތުބާރު ހުރި މިންވަރު ދައްކުވައިދޭ ސުކޫކުގެ އަގު، މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ 87.44 އެމެރިކާ ޑޮލަރަށް މަތިވެފަ އެވެ. މިއީ މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ހުރި 64.72 އެމެރިކާ ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ސްކޫކްގެ އަގު މައްޗަށް ދިއުމަކީ ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ރާއްޖޭގެ އިގުތިސާދީ އަސާސްތައް ހަރުދަނާ ކުރުމަށް ގެންގުޅޭ އުސޫލު ދައްކައިދޭ ކަމެއް ކަމަށް ސަރުކާރުން ބުންޏެވެ. ސުކޫކުގެ އަގު މަތިވެފައި މި ވަނީ، ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް ވަރުގަދަ އިސްލާހީ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން ގެންދާ ދަނޑިވަޅެއްގަ އެވެ.

ކުރީގެ ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކާފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގަ އެވެ. މި ސުކޫކުގެ ކޫޕަން ނުވަތަ އިންޓަރެސްޓުގެ ގޮތުގައި އަހަރަކު ޖުމްލަ 50 މިލިއަން ޑޮލަރު ދައްކަންޖެހެ އެވެ. އެއީ އަހަރަކު ދެ ޕޭމަންޓަކަށް ބަހާލައިގެން ފަހަރަކު 25 މިލިއަން ޑޮލަރުގެ މަގުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު