އާދިއްތަ, November 8
އެމްއެމްޕީއާރުސީގެ ހަަރަދު ކުޑަކުރަން މަޖިލީހުން ލަފާ ދީފި

އެމްއެމްޕީއާރުސީގެ ހަަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް މަޖިލީހުން ލަފާ ދީފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ހަރަދުތައް ކުޑަކުރުމާއެކު ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުވާނެ ގޮތްތައް ހޯދުމަށް ވެސް ރައްޔިތުންގެ މަޖިލީހުން ލަފާ ދިނުމަށް ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެމްއެމްޕީއާރްސީއާއި އެމްޓީޑީސީގެ މާލީ ހާލަތާ ގުޅޭ ގޮތުން ދިރާސާއެއް ހެދުމަށްފަހު ރިޕޯޓެއް އެކުލަވައިލާފައިވެއެވެ. މިއަދު މަޖިލީހުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓު ފާސްކޮށްފައިވެއެވެ.

މިއަދު ފާސްކުރި ރިޕޯޓުގައި ފާހަގަކުރި ގޮތުގައި އެމްއެމްޕީއާރްސީއަކީ އެ ކުންފުނީގެ ހިންގުމުގެ ހަރދުތައް ހަމަޖެއްސުމުގައާއި ލޯނުތައް އަދާކުރުމުގައި ސަރުކާރުގެ މައްޗަށް ބަރޯސާވާންޖެހޭ ކުންފުންޏެކެވެ. އަދި އެ ކުންފުންޏަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އަމިއްލަ ފުދުންތެރިކަަމުގައި ހިންގާ ކުންފުންޏަކަށް ހެދުމަށްޓަކައި އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދަންޖެހޭކަން ފާހަގަކޮށްފަައިވެއެވެ.

އެ ކުންފުނިންވަނީ އެ ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް އަޅާނެ ބައެއް ފިޔަވަޅުތައް ކޮމިޓީއާ ހިއްސާކޮށްފައެވެ.

ނަމަވެސް މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ކުންފުންޏަށް ލަފާ ދީފައިވަނީ އާމްދަނީ އިތުރުކުރާނެ އެހެނިހެން ގޮތްތައް ހޯދުމާއެކު ހަރަދު ކުޑަކުރުމަށް އެޅޭނެ ފިޔަވަޅުތައް ދިރާސާކޮށް އެ ފިޔަވަޅުތައް އަޅައި އެ ކުންފުންޏަކީ އަމިއްލަ އުފެއްދުންތެރިކަމުގައި ހިންގާ ކުންފުންޏަކަށް ހެދުމަށް މަސައްކަތްކުރުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު