އާދިއްތަ, November 8
މައުރޫފު ރިޓަޔަރ ކުރެއްވިޔަސް އެޗްޑީސީއަށް ހިދުމަތް ކުރަން ބޭނުން

އެޗްޑީސީގެ މެނޭޖިނގް ޑިރެކްޓަރުގެ މަޤާމުން ރިޓޔަރ ކުރައްވާ އެޑްވައިޒރެއްގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މަޢުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މައުރޫފު ވިދާޅުވީ، އެޗްޑީސީގައި މަސައްކަތ ްކުރުމުގެ ފުރުޞަތު ލިބުނުއިރުވެސް ހުރީ ރިޓަރޔަރ ވުމަށް ތައްޔާރުވެގެން ކަމަށެވެ.

އެހެން ނަމަވެސް މިފަދަ ފުރުޞަތެއް ލިބުމުން އެ ފުރުޞަތުގެ ބޭނުން ކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުރޫފް އެޗްޑީސީގައި މީގެ 24 އަހަރު ކުރިން އމަސައްކަތް ކުރި ފަހުން ރައީސް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ ގެ ފުރުޞަތު ދެއްވުމުން އެއީ ވަރަށް ޔުނީކް ފުރުޞަތެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މައުރޫފު ވިދާޅުވި މަޤާމާ ހަވާލުވިއިރުވެސް މަސައްކަތް ނުވަތަ ޒިންމާ ވަރަށް ބޮޑުވާނެކަން އެނގޭކަމަށާއި އެހާ ގިނަ ދުވަހު ހުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

މައުރޫފު ވިދާޅުވީ ވަޒީފާ ގަބޫލުކުރެއްވި މަސައްކަތުގެ މުހިންމުކަމާއި މަސައްކަތް ކުރަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ކަމަށެވެ.

މަސއްކަތް ފެށި އިރު އެޗްޑީސީގައި ވަރަށް ޗެލެންޖިން،  ބުރަ އަދި ޝައުގުވެރި މަސައްކަތްތައް ހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

'' ރައީސް އަޅުގަނޑަށް ވަރަށް ބޮޑު އިތުބާރެއް ކުރައްވާ، ވަރަށް ގާތްކަންވެސް ބެހެއްޓެވި. ރިކުއެސްޓް ކުރެއްވި ހުރިހާ ކަމަކަށްވެސް ފެސިލިޓޭޓް ކޮށްދެއްވައިގެން ޕްރޮޖެކްޓްތަކުގެ މަސައްކަތުގައި އަޅުގަނޑުމެންނަށް ކުރިއަށް ދާން ފުރުސަތުތަކެއް ދެއްވި. އެހެން ނަމަވެސް ކުޑަދުވަސްކޮޅަކަށް ނަމަވެސް އައިސް ކުރަން ފެށި ކަންތައްތަކެއް ބަލާލާފަ، ހުރި މިސާލަކަށް ލޭންޑް ޔޫސް ޕްލޭން، އެޗްޑީސީގެ ހިންގުން ހަރުދަނާކުރުން، އެކަހަލަ ލަނޑުދަނޑިތަކެއް ހުރި ގިނަކަންތައްތަކެއް މިހާރު އެހެރީ ހާސިލްވެފައި. އެހެންވީމަ ރިޓަޔަރ ކުރުން އެއީ ރަނގަޅުކަމެއް އަޅުގަނޑު މިއުމުރަށް ދާއިރު'' މައުރޫފު ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ މަޤާމުން ރިޓަޔަރ ކުރެއްވިނަމަވެސް، ކުންފުނީގެ އެކި ކަންކަމުގައި ލަފާ ދިނުމުގެ ދައުރެއް އަދާކުރައްވަން ބޭނުންފުޅުވާކަމަށެވެ. އަދި އެގޮތަށް ކަންކަން ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައިވާކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

"ފުލް ރިޓަޔަރމެންޓަކަށް ދިއުމެއް ނޫން. އަޅުގަނޑު ހަމަ ބޭނުންވަނީ އެޗްޑީސީގެ އެޑްވައިޒަރ ނުވަތަ ކޮންމެވެސް މަޤާމެއްގައި ހުންނަވަން. އެޗްޑީސީން އެއްކޮށް ދުރަށް ދިއުމެއްވެސް ނޫން" މައުރޫފް ވިދާޅުވިއެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު