އާދިއްތަ, November 8
މާފަރު އެއާޕޯޓު ގެ މަސައްކަތް ނިންމައި ހިދުމަތްތައް ރަސްމީކޮށް ފަށައިފި
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިންމައި އެ އެއާޕޯޓުގެ ހިދުމަތްތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ނިމުން އިފްތިތާހު ކުރީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާބޯޓުގެ ދަތުރަކާއެކުއެވެ. އެ ބޯޓަށް މަރުހަބާ ކިއުމުގެ ގޮތުންވަނީ ވޯޓާ ސެލިއުޓެއް ދީފައެވެ. އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް، ޔޫއޭއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރަހްމާ އަބްދުލްރަހުމާން ރަހްމާ އަބްދުލްރަހްމާން އަލް ޝަމްސީ، ޑިރެކްޓާ ޖެނެރަލް އޮފް ދި އަބޫދާބީ ފަންޑް ފާ ޑިވެލޮޕްމަންޓް މުހައްމަދު ސައިފް އަލް ސުވައިދީ، އަދި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ބައިވެރިވެވަޑައިގެންނެވިއެވެ. މާފަރު އެއާޕޯޓުގައި ފުރަތަމަ ފިޔަވަހީގެ ދަށުން، 2200 މީޓަރުގެ ރަންވޭއަކާއި، ޕެސެންޖަރ ޓަރމިނަލް އިމާރާތާއި ވީއައިޕީ ލައުންޖް ވަނީ ތަރައްޤީކޮށްފައެވެ. މީގެ އިތުރުން ފަޔަރ އެންޑް ރެކްސިއު ސްޓޭޝަނާއި ކޮންޓްރޯލް ޓަވަރު އަދި ޕެސެންޖަރ ޖެޓީ ވަނީ ގާއިމުކޮށްފައެވެ. މާފަރު އެއަރޕޯޓްގެ މަސައްކަތް ފަށާފަވަނީ 23 ޖެނުއަރީ 2018ގައެވެ. މި އެއަރޕޯޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ ކޮމާޝަލް ދަތުރުތައް ފެށީ 2019ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ރަންވޭއަށް 650 މީޓަރު އިތުރުކޮށް ފުޅާކޮށް، ބޮއިންގ 777-އީއާރް300 ފްލައިޓް ޖެއްސޭގޮތަށް މިހާރު މިވަނީ ތަރައްޤީކޮށްފައެވެ. މީގެއިތުރުން ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތާ، ރަންވޭގެ އެއަރފީލްޑް ލައިޓް އަޕްގްރޭޑްކުރުމުގެ މަސައްކަތްވަނީ ކުރިއަށްގެންގޮސްފައެވެ. ގިނަ އަދަދަކަށް މަހުޖަނުންގެ ޕްރައިވެޓް ޖެޓްތައްވެސް ޖައްސާ މާފަރު އެއާޕޯޓަކީ، އަބޫ ދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށް ޑިސެމްބަރު 2019ގައި ހުޅުވި އެއާޕޯޓެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު