އާދިއްތަ, November 8
5 މިލިއަން ގަސް އިންދުން: މ. އަދި ރ. އަތޮޅުގައި ގަސް އިންދުމުގެ ޙަރަކާތެއް ހިންގައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމުގައިވާ،ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، މ. އަތޮޅާއި ރ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ޚާއްސަ ޙަރަކާތްތަކެއްކުރިއަށް ގެންގޮސްފިއެވެ. މި ޙަރަކާތްތަކުގައި ދިވެހިރާއްޖެއިން މަދުވެފައިވާ ހައިވަކަރުގަސްވެސް މި އަތޮޅުތަކުގެ ރަށްތަކަށް މިނިސްޓްރީ އޮފް އެންވަޔަރމަންޓުން ވަނީ ހަދިޔާކޮށްފައެވެ.

މި ޕްރޮގްރާމްގެ ދަށުން، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ޓީމެއް ވަނީ މ. އަދި ރ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ގަސް އިންދުމުގެ މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައެވެ.

މިގޮތުން، މި ދެ އަތޮޅުގެ ކޮންމެ ރަށަކަށް އާންމުކޮށް ރަށްރަށުގައިހެދޭ 50 ގަހާއި، ހާއްސަކޮށް ދިވެހިރާއްޖެއިން މަދުވެފައިވާ ހައިވަކަރު ގަސް ހަދިޔާކުރެވިގެން ދިޔަ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ހަދިޔާކުރެވުނު ހައިވަކަރު ގަސްތަކަކީ، ސްރީލަންކާ ސަރުކާރުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ،ހަދިޔާ ކުރައްވާފައިވާ ގަސްތަކެކެވެ. މި ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް ލިބުމާއިއެކު،ރިސޯޓުތަކަށް އަދި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް 2 ހައިވަކަރު ގަސް ހަދިޔާކުރުމުގެ މަސައްކަތް ވަނީ ފެށިފައިވާކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިހާތަނަށް މ، ލ، އަދި ރ. އަތޮޅުގެ ރަށްތަކުގެ އިތުރުން އެއަރޕޯޓް ހުރިރަށްތަކަށްވެސް ހައިވަކަރު ގަސްތައް ވަނީ ހަދިޔާ ކުރެވިފައެވެ.

މީހުން ދިރިއުޅޭކޮންމެ ރަށަކަށް ހައިވަކަރު ގަސް ހަދިޔާކުރުމުގެ މަސައްކަތްތައް މިނިސްޓްރީއިންދަނީ ކުރަމުންނެވެ. ހައިވަކަރު ގަސްތަކަކީ، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުރަމްޒުކޮށްދިނުމުގެ ގޮތުން ލޭންޑްމަރކްއެއްގެ ގޮތުގައި އިންދުމަށް ހަމަޖެހިފައިވާގަސްތަކެކެވެ.

މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ގުދުރަތީ ވެށި ރައްކާތެރިކޮށް،ގަސްގަހާގެހި އިތުރުކުރުމަށް މަގުފަހިވާނެކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު