އާދިއްތަ, November 8
ލިޔުންތެރިންގެ ގަލަންތަކުން ފޭދޭ ކޮންމެ ދެލި ތިއްކަކީ ޤައުމުގެ ޙައްޤުގައި ވެދޭ ޤުރުބާނީއެއް: މެޑަމް
ދިވެހި ލިޔުންތެރިންނަކީ މި ޤައުމުގެ ދެމިއޮތުމާއި ދިވެހިވަންތަކަމުގެ ޙައްޤުގައި ޤުރުބާންވާ ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފަސްޓް ލޭޑީ މިހެން ވިދާޅުވީ ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މީސް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ދިވެހި ލިޔުންތެރިންގެ ގަލަންތަކުން ފޭދޭ ކޮންމެ ދެލި ތިއްކަކީ ޤައުމުގެ ދެމިއޮތުމާއި ދިވެހިވަންތަކަމުގެ ޙައްޤުގައި ވެދޭ ޤުރުބާނީއެއް ކަމަށެވެ. އަދި އެކަމަނާ ވަނީ ދުވަހުގެ ތަހުނިޔާ ހުރިހާ ލިޔުންތެރިންނަށްވެސް އަރިސްކުރައްވާފައެވެ.

ފަސްޓް ލޭޑީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ދިވެހި ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

ދިވެހި ލިޔުންތެރިންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު