Saturday, October 31
މާވަށުގައި ރިސާލަތު ޕްރޮގުރާމާއި ނަމާދު މަތިވެރިކުރުން ޕްރޮގުރާމް ކުރިއަށް ގެންގޮސްފި

ލ. މާވަށުގައި ރިސާލަތު ޕްރޮގުރާމާއި ނަމާދު މަތިވެރިކުރުން ޕްރޮގުރާމް ކުރިއަށް ގެންގޮސްފިއެވެ.

ރިސާލަތު ޕްރޮގުރާމަކީ އާއްމުނަށް ދީނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. އަދި ނަމާދު މަތިވެރިކުރުން ޕްރޮގުރާމަކީ ނަމާދަށް އަހުލުވެރި މުޖުތުމަޢުއެއް އުފެއްދުމުގެ މަޤުސަދުގައި ވުޒާރާއިން މިއަހަރު ފަށާފައިވާ ޚާއްސަ ޕްރޮގުރާމެކެވެ.

އެގޮތުން ލ. މާވަށުގައި މި ޕްރޮގުރާމުތަކުގެ ދަންފަޅިތައް ނަންގަވައިދެއްވީ ވުޒާރާގެ ޥާޢިޡް އައްޝައިޚް އަލީ ޝަހީދުއެވެ. ސްކޫލް ދަރިވަރުންނަށް ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންދެވުނު އިރު، ނަމާދު މަތިވެރިކުރުން ޕްރޮގުރާމު ވަނީ ސްކޫލް ކުދިންނަށާއި، ތުއްތު ކުދިންނަށް އަދި ބޮޑެތި ބޭފުޅުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ނަމާދު މަތިވެރިކުރުމާއި ގުޅޭ ބޮޑު ދަރުހެއްވެސް ވަނީ ބާއްވައިފައެވެ.

މި ދެ ޕްރޮގުރާމު ކުރިއަށް ގެންދިއުމަށް އިސްލާމީ ވުޒާރާއާއި އަތޮޅު އަދި ރަށު ކައުންސިލްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު