Saturday, October 31
ކުޑަ އަގެއްގައި ހަ މަސް ދުވަހު އާރުޓީއެލް ދަތުރުތައް ކުރެވޭނެ ކަމަށް ބުނާ ސްކޭމްއެއް، ސަމާލުވެ!
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ "ސްމާޓް ކާޑެއް" ޕްރޮމޯޓްކުރަމުންދާ ސްކޭމް ޕޭޖަކަށް ސަމާލުވުމަށް އެމްޓީސީސީން ބުނެފިއެވެ. މިގޮތުން އެމްޓީސީސީން ބުނީ "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ގެ ނަމުގައި ފޭސްބުކްގައި ހިންގާ ޕޭޖަކުން، ކުޑަ ފީއެއް ދައްކައިގެން ހަ މަސް ދުވަހު ބޭނުން ވަރަކަށް އާރުޓީއެލް ދަތުރުތައް ކުރެވޭ ސްމާޓް ކާޑެއް ޕްރޮމޯޓްކުރަމުންދާ ކަމަށެވެ. އެމްޓީސީސީން ބުނީ މިއީ ސްކޭމް ޕޭޖެއް ކަމަށާއި، މި ޕޭޖާއި އެމްޓީސީސީއާއި އާރުޓީއެލް އާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެއްވެސް މަޢުލޫމާތެއް އަބަދުވެސް އެމްޓީސީސީގެ ރަސްމީ ޗެނަލްތަކުން ޔަޤީންކުރުމަށާއި، ޝައްކުވާފަދަ ލިންކުތަކަށް ނުފިތުމަށާއި، ޒާތީ މަޢުލޫމާތާއި ޓްރާންސެކްޝަންގެ ތަފްސީލް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު