Saturday, October 31
ލޮނުފެނުން މަސްފިނިކުރާ ނިޒާމު ޤާއިމްކުރަން ދޫކުރާ ލޯނަށް އެދޭ ފަރާތްތަކަށް އިތުރު ލުއިތަކެއް
މަސްދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާޢިމްކުރުމަށް ދޫކުރާ ލޯނު ހޯދުމަށް އިތުރު ލުއިތަކެއް ހަމަޖައްސާފައިވާ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން މިއަދު ބުނީ ލޮނުފެނުން މަސްފިނިކުރާ ނިޒާމު ޤާއިމުކޮށް، މަސްވެރިކަމުގެ ފުރިހަމަ ނަފާ މަސްވެރިންނަށް ލިބޭނެގޮތް އިތުރަށް މަގުފަހި ކުރުމަށްޓަކައި، އާރް. އެސް. ޑަބްލިއު ފައިނޭންސިންގް ފެސިލިޓީއަށްއެދި ހުށަހެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް ލުއިކުރެވިފައިވާ ކަމަށެވެ. މިގޮތުން ކުރެޑިޓް ހިސްޓްރީ ބަލާމިންގަނޑު 1 އަހަރުގެ މުއްދަތަކުން 3 މަސް ދުވަހަށް ކުޑަކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ މި ލޯނުގެ ދަށުން ރަހުނަކާ ނުލައި 2 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ޚިދުމަތް ލިބެން ހުންނާނެއެވެ. ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ލޯނު ދޫކުރަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިއެސްޑީބީ) ގެ އެހީގައެވެ. މިއީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއި މަސްވެރިކަމާބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ނަގާ ލޯނުތައް އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު