Saturday, October 31
ސްޕޯޓްސް ފިޝިންއަށް އަމާޒުކޮށް މަސައްކަތު ބައްދަލުވުމެއް ބާއްވަނީ

މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުން މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ހަވީރު 5:00އަށް މީރުމާގަ އެވެ.

މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވާނީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އެވެ.

އެ ވުޒާރާއިން ހާމަކުރާ ގޮތުގައި މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ މުނިފޫހިފިލުވުމުގެގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ މި މަސައްކަތު ބައްދަލުވުން ކުރިއަށްދާނީ ދެ ސެޝަންއަކަށް ބަހަލައިގެން ކަމަށާއި، ފުރަތަމަ ސެޝަންގައި ކުރިއަށްދާނީ ވޯކްޝޮޕްގެ މަޤްޞަދާއި، މުނިފޫހިފިލުވުމުގެ މަސްވެރިކަމާ ބެހޭގޮތުން މިހާރު ގެންގުޅޭ ވިސްނުމާއި، ޑޭޓާ ޑްރައިވަން މެނޭޖްމަންޓްގެ ބޭނުންތެރިކަމުގެ އޯވަރވިއުއެއް ފޯރުކޮށްދިނުން ކަމަށެވެ.

އަދި ދެވަނަ ސެޝަންގައި ކުރިއަށްދާނީ ސްޓޭކްހޯލްޑަރުންގެ ކަންބޮޑުވުންތަކާއި މުނިފޫހިފިލުމުގެ ގޮތުން މަސްވެރިކަން ކުރާ ފަރާތްތަކަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު