Saturday, October 31
ހުޅުމީދޫ-ފޭދޫ-ފުވައްމުލައް ރޫޓުގެ ކާގޯ ފެރީ ދަތުރު މިއަދު ކެންސަލް
ހުޅުމީދޫ-ފޭދޫ-ފުވައްމުލައް ރޫޓުގެ ކާގޯ ފެރީ ދަތުރު މިއަދު ކެންސަލްވެފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން މިކަން ހާމަކޮށްފައިވަނީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މިގޮތުން އެމްޓީސީސީން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޖުލައި 6 ވަނަ ދުވަހު ތާވަލުކުރެވިފައިވާ ހުޅުމީދޫ-ފޭދޫ-ފުވައްމުލައް ރޫޓުގެ ކާގޯ ފެރީގެ ދަތުރު ކެންސަލް ކުރެވިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މަޢާފަށްވެސް އެދިފައެވެ. އެމްޓީސީސީން ބުނީ މިކަމާ ބެހޭ އިތުރު މަޢުލޫމާތު އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އިން ލިބޭނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު