Saturday, October 31
ޣިޔާޘުއްދީންގެ ޗެރިޓީ އިވެންޓުން ލިބޭ ހުރިހާ ފައިސާއެއް ފިޔަވައްޗަށް
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ކުރިއަށްގެންދިޔަ ޗެރިޓީ ހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރާނީ ފިޔަވައްޗަށް ކަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ 70 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ކުރިއަށް ގެންދިޔަ މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ވަޒީރު ޑރ. ޢާއިޝަތު ޝިހާމެވެ. ދަރިވަރުންގެ އުފެއްދުންތެރިކަން ތަރައްޤީކޮށް، އެކަކު އަނެކަކަށް އެހީތެރިވުމާއި އަޅައިލުމުގެ ސިފަ އަށަގެންނެވުމުގެ މަޤްޞަދުގައި ބޭއްވުނު މި ހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުންދާ ފިޔަވައްޗަށް ކަމަށް އެ ވުޒާރާއިން ބުނެއެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން އިސްނަންގަވައިގެން މިފަދަ ހަރަކާތެއް ހިންގެވީތީ، އެ ވުުޒާރާއިން ވަނީ ޝުކުރު ދަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު