Saturday, October 31
ރާއްޖޭގައި ބާނާ މަސް ޗައިނާގައި ދަޅުގައި ބަންދުކުރަން ފަށައިފި
ޗައިނާގެ ވެއިހައި ކިއުޒީ ބްލޫސީ ފުޑްސް ކޯ ލިމިޓެޑް އަދި ޖިންގްވޭޑާއޯ ބްރޭންޑް ޓީމުން ރާއްޖޭގައި ބާނާ މަހުން އުފައްދާފައިވާ ފުރަތަމަ ސާމްޕަލް ބެޗްގެ މަސްދަޅުތައް ކާމިޔާބުކަމާއެކު ބަންދުކޮށްފިއެވެ.

ރާއްޖެ އިން ބާނާ މަހުން ޗައިނާގައި ހަދާފައިވާ ޓޫނާ މަސް ދަޅު ގެ ފުރަތަމަ ސާމްޕަލް ބެޗް މިހާރު ވަނީ ދައްކާލައިފިއެވެ.

ޗައިނާގެ ވެއިހައި ކިއުޒެޑް ބްލޫސީ ފުޑްސް ކޯ ލިމިޓެޑާއި ޖިންގްވެއިޑައޯ ބްރޭންޑް ޓީމުން ކުރި މި މަސައްކަތަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވަނީ  އެ ޓީމަށް މަރުހަބާ ދަންނަވާފައެވެ.

މި މަސްދަޅުގެ ސާމްޕަލްތައް ވަނީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަޒީލް ނަޖީބަށް އަރުވާފައެވެ.

އެއީ ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އެ އެގްރީމެންޓްގެ ދަށުން އިމްޕޯޓް ޑިއުޓީއާ ނުލައި ދިވެހި މަސްވެރި އުފެއްދުންތައް ޗައިނާއަށް އިމްޕޯޓް ޑިއުޓީ ނުނަގައި އެތެރެކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މިއީރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތއިތުރަށް ފުޅާކޮށް އާ މާކެޓްތައް ހޯދުމާއި، ދެމެހެއްޓެނިވގޮތެއްގައި މަހުގެ ބާވަތްތަކަށް އަގު އިތުކޮށް މަހުގެ އުފެއްދުންތައް ދުނިޔޭގެ ފެންވަރުގައި ވިއްކާލުމަށް ލިބޭ ކުރިއެރުމެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އާ މާކެޓްތައް ހޯދައި، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި މަހުގެ އުފެއްދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތައާރަފުކުރުން ކަމަށެވެ.

ޗައިނާއައި އެކު މިނިވަން ވިޔަފާރިގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުއެވެ. އެ އެގްރިމަންޓް

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު