Saturday, October 31
އެމްބީއެސްގެ ޚިދުމަތް ހޯދަން ފަސޭހަކުރުމަށް ހޮޓްލައިނެއް ތައާރަފުކޮށްފި

ޚިދުމަތްދޭ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އަށް ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފިއެވެ.

އެމްބީއެސްއިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެމްބީއެސްއަށް ހޮޓްލައިނެއް ހަމަޖައްސާފައިވަނީ، ޚިދުމަތް ހޯދާ މީހުންނަށް ލުއިފަސޭހަ ކުރުމުގެ މަގުސަދުގައި ކަމަށެވެ. އެ ހޮޓްލައިން ނަންބަރަކީ 7333645 އެވެ.

އެމްބީއެސްއިން ބުނީ އެ އިދާރާ ހުޅުވާފައި ހުންނަ ގަޑިތަކުގައި އެ ނަންބަރު މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ. އަދި އެ ނަންބަރުން ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ވެސް މައުލޫމާތު ސާފު ކުރެވޭނެ ކަމަށް އެ ޚިދުމަތުން ބުންޏެވެ.

ތެލަސީމިއާ ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށްޚާއްސަކޮށް ހަދާފައިވާ ތެލެސީމީއާ ސެންޓަރު މިހާރު ހުންނަނީ ހުޅުމާލޭގައެވެ. އަދި އެ ތަން މިހާރު ހިންގަނީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށުންނެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 8:00އިން 21:00އަށް ޚިދުމަތްދެއެވެ. އެގޮތުން އެކި ޚިދުމަތްތައް އެކި ގަޑިތަކުގައި ލިބެން ހުންނައިރު، ޑޮކްޓަރަށް ދެއްކުން އޮންނަނީ 8:00އިން 20:30އަށެވެ. އަދި ތެލަސީމިއާއަށް ސްކްރީން ކުރުން އޮންނަނީ 8:30އިން 13:00އަށް ކަމަށްވާއިރު، ލޭ ހަދިޔާ ކުރުމަށް 8:00އާއި 19:45އާ ދެެމެދުގެ ގަޑިތަކުގައި ދެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު