Saturday, October 31
އަމިއްލަ ގޯތީގައި ގެ އަޅަން ބޭނުންވާ މީހުންގެ މަޢުލޫމާތު ހޯދަނީ

ސަރުކާރުން ހިންގާ ހައުސިން މަޝްރޫޢުތައް ހިންގަން ނިންމާފައިވާ ރަށްތަކުގައި، އަމިއްލަ ގޯތީގައި ގެ އަޅަން ބޭނުންވާ މީހުންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ޢިމާރާތްކުރުމާއި ގެދޮރިވެރިކަމާ ބިނާރާ ބެހޭ ވުޒާރާ އިން ފަށައިފިއެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މި މައުލޫމާތު ހޯދަނީ ހައުސިންގ ޔުނިޓް އަޅާ ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ކަމަށެވެ.

ސަރުކާރުން މިހާރު އިއުލާންކޮށްފައިވަނީ 57 ރަށުގެ ހައުސިންގ ޔުނިޓް  އެޅުމަށެވެ.

 މި ރަށްތަކުގައި 12 ހާސް ހައުސިން ޔުނިޓް އެޅުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާ އިން ވަނީ އިޢުލާންކޮށްފަ އެވެ. ހައުސިން ޔުނިޓެއްގައި ހިމެނެނީ ތިން ކޮޓަރި އާއި ސިޓިން ރޫމެވެ. އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އެޅި ނަމަވެސް މި ޔުނިޓްތައް އަޅައިދެނީ،ތިންކޮޓަރި އާއި ބަިގެ އަދި ސިޓިނގް ރޫމެވެ.

ސަރުކާރުން ހައުސިންގ މަޝްރޫޢު ކުރިއަށްގެންދަން ނިންމާފައިވާ ރަށްތަކުގެ އަމިއްލަ މީހުންގެ ގޯތީގައި ހައުސިން ޔުނިޓް އިމާރާތްކުރުމަށް އެހީތެރިކަން ދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މިއީ އަމިއްލައަށް ގެދޮރު އިމާރާތްކުރުމުގައި މާލީގޮތުން ދަތިކަން ހުރި ފަރާތްތަކަށް އެހީވެދިނުމަށް ސަރުކާރުން ތަނަވަސްކޮށްދޭ ފުރުޞަތެކެވެ.

ބޯހިޔާވަހިކަމާ ގުޅުން ހުރި މަޝްރޫޢުތަކަށް މިއަހަރުގެ ބަޖެޓުގައި ވަނީ ދެ ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ޒީ - 2025-07-06T00:21:31

    ތިކަމުން ވެސް ނިކަމެތިންވާނީ ބާކީ!!. ދަރިންނާއި އަމިއްލައަށް ކިއަވަން ނެގި ލޯން ނުދެއްކި ބެންކަށާއި ސަރުކާރަށް ދަރާފައި އެ ރައްޔިތުންތިބީ.އެމީހުނައް ސަރުކާރުން ބޯހިޔާވަހިކަން، ބޭސްފަރުވާ، ރަނގަޅު ހަމަޖެހޭ މުޖުތަމަޢުއެއް ދައްކަ ނުދޭނެ. ކަމުން ވައްކަން ނަމުން ޗޯރު ހަދާ ފަދައެއް ތިޔަކިއަނީ، ތިހެން ކިޔައިގެން ކުރިން ވެސް ތިޔައެއްޗެއް ހެދި އަދިއަދަށް ވެސް އެ ނެގި ލިސްޓާއި މައުލޫމާތު ވީތަނެއް ނޭންގޭ.