Saturday, October 31
ޤައުމީ މަންހަޖުގެ ތަޞައްވުރަށް ވާޞިލްވުމަށް އެންމެ ބުރަކޮށް މަސައްކަތްކުރައްވަނީ މުދައްރިސުން: އާދަމް ޝަރީފު

ތަޢުލީމީ ޤައުމީ މަންހަޖުގެ ތަޞައްވުރަށް ވާޞިލްވުމަށް އެންމެ ބުރަކޮށް މަސައްކަތްކުރައްވަނީ މުދައްރިސުން ކަމަށް މިނިސްޓްރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2023 - 2024ގެ އިނާމުދިމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ރޭ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2023 - 2024ގެ އިނާމުދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ރޭ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޖަލްސާގައި، މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި މިހާރު ޢަމަލުކުރަމުންދާ ތަޢުލީމީ ޤައުމީ މަންހަޖުގެ ތަޞައްވުރަކީ ސުކޫލުނިންމާ ނުކުންނަ ކޮންމެ ދަރިވަރަކީ ދިރިއުޅުމަށް ތައްޔާރުވެފައި ކުއްޖަކަށް ހަދައިދިނުން ކަމަށެވެ.

އަދި މި ތަޞައްވުރަށް ވާޞިލްވުމަށް އެންމެ ބުރަކޮށް މަސައްކަތްކުރައްވަނީ މުދައްރިސުން ކަމަށެވެ. އެހެންކަމުން މުދައްރިސުންގެ މަސައްކަތްތަކަށް އަބަދުވެސް އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭ ކަމަށާއި، ޝުކުރުއަދާކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މުދައްރިސުންކުރައްވާ ބުރަ މަސައްކަތްޕުޅުގެ އަގުވަޒަންކޮށް ޚާއްޞަ ޝުކުރެއް އެންމެހައި މުދައްރިސުންނަށް އަދާކުރެއްވިއެވެ.

މިނިސްޓަރ ރޭ ދެއްކެވި ވާހަކަފުޅުގައި ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ ރިޕޯޓުން މުދައްރިސުންނަށް ޓަކައި ފަންނީ ގިނަ ޕްރޮގްރާމުތަކެއް ހިންގައިފައިވާ އެނގިއްޖެ ކަމަށާ، އޯލެވެލް އަދި އޭލެވެލްއިންވެސް 1 ވަނަ ދެ ދަރިވަރުން ހޯދުން އެއީ މުދައްރިސުންނަށް ދެއްވާ ތަމްރީނުގެ ހެޔޮ ނަތީޖާކަމަށް ވިދާޅުވިއެވެ.

އޭދަފުށީގެ ކައުންސިލަރުންނާއި، ތަޢުލީމީ މަރުކަޒުގެ ވެރިންނާއި، މުދައްރިސުންނާއި، ބެލެނިވެރިންނާއި، އަދި ގިނަ ޢަދަދެއްގެ ދަރިވަރުން ރޭ ބޭއްވި މި ޖަލްސާގައި ބައިވެރިވެލެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު