އާދިއްތަ, November 8
ކެއުމުގައި ހަލާލު ތަކެތި ހޯދުމަށް އިސްކަންދެ ގޮތަށް އެތަކެތި ގަންނަ ފައިސާ ވެސް ހަލާލް ވާންޖެހޭ: ހުތުބާ
ކެއުމުގައި ހަލާލު ތަކެތި ހޯދުމަށް އިސްކަންދެ ގޮތަށް އެތަކެތި ގަތުމަށް ބޭނުންކުރާ ފައިސާ އަކީ ވެސް ހަލާލް ގޮތުގައި ހޯދާ ފައިސާ ކަމުގައި ހެދުމަށް މިއަދުގެ ހުކުރު ހުޓުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ހުތުބާ ގެ މައުޟޫއަކީ ހަލާލް ގޮތުގައި މާލީ މުޢާމަލާތް ކުރުމެވެ. ހުތުބާގައި ވަނީ އިސްލާމްދީނުގައި އަޅުކަންތަކަށް އިސްކަން ދީފައިވާ ފަދައިން މުއާމަލާތުގެ ބަޔަށްވެސް އިސްކަން ދިނުމަށްއެދިފައެވެ. އެހެން ކަމުންދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ މުއާމަލާތަކީ ފަރުވާތެރިވާންޖެހޭ އެއްޗެއް ކަމަށް ހުުތުބާގައި ވިދާޅުވެފައިވެއެވެ.

 ބަވަނަ ވެފައިވާ ދުނިޔެއެއްގައި މުޅި އިޤްތިޞާދު، ހުޅަނގުގެ ފަލްސަފާއަށް ބިނާކުރެވިފައި އޮތްއިރު، މާލީ މުޢާމަލާތްތަކުގެ ތެރެއިން އިސްލާމް ދީން ޙަރާމްކުރައްވާފައިވާ ކަންކަމުން ސަލާމަތްވާން ޖެހޭނެކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.

ރިބަވީ މުޢާމަލާތުތަކުން އެއްކިބާވެތިބެ، ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް ނުހިންގޭނެކަމަށް ބުނަމުންއައި ޒަމާން މާޒީވެ ހިނގައްޖެ ކަމާއި، އިސްލާމީ އުޞޫލުން ޚިދުމަތްދޭ ބޭންކުތަކާއި ތަކާފުލް ކުންފުނިތައް މުޅި ދުނިޔެއަށް މިހާރު ފެތުރިފައިވާކަމަށާއި އެހެންކަމުން އިސްލާމީ ޝަރީޢަތް ހުއްދަކުރާ ގޮތަށް މާލީ މުޢާމަލާތްތައް ނުކުރެވޭނެ ކަމަށް ނިންމުމުގެ ޖާގައެއް ނެތްކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އެހެންކަމުން އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ފައިސާގެ މުޢާމަލާތުތައް ކުރުމަކީ ދެ ދުނިޔޭގެ ކާމިޔާބީއާއި ފަލާޙު މިންވަރު ކުރައްވާނެ ގޮތްކަން ދަތުމަށް ޚުޠުބާގައި ގޮވާލާފައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު