އާދިއްތަ, November 8
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓާއި ރެކްރޫޓްމަންޓްގެ ދިރާސާއެއް ނެރެފި
''ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކުރުން: ޕްރޮކިއުމެންޓް، ރެކްރޫޓްމަންޓް އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ"ގެ ނަމުގައި އޭސީސީން ހެދި ދިރާރާސާގެ ރިޕޯޓް ނެރެފިއެވެ. މިދިރާސާގެ މަޤުޞަދަކީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓާއި ރެކްރޫޓްމަންޓާއި ސީއެސްއާރުގެ ހަރަކާތްތައް ހިނގަމުންދާ ގޮތް ބަލައި މި ކަންކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ހިރާސްތައް ދެނެގަނެ، އިސްލާހުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް، އެކަންކަން އިސްލާހުކުރުމަށް އިރުޝާދާއި ލަފާ ދިނުންކަމަށް އޭސީސީން މައުލޫމާތުދެއެވެ. ދިރާސާއިން ހާމަވިގޮތުގައި އެއްގޮތް އުސޫލުތަކެއް ނެތުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އޮތް ހުރަހެކެވެ. ކޮންމެ ކުންފުންޏަކުންވެސް ޢަމަލުކުރަމުންދަނީ އެ ކުންފުންޏެއްގެ އަމިއްލަ އުސޫލުތަކަކަށްކަމަށާއި އެ އުޞޫލުތަކުގައި ކޮރަޕްޝަނުގެ ހިރާސް ބޮޑު ގޮތްތަކެއް ހުރިކަން ފާހަގަކުރެވޭކަމަށް މިދިރާސާގައިވެއެވެ. އޭސީސީގެ ދިރާސާގައި ބުނެފައިވަނީ މިފަދަ އުޞޫލުތަކެއް ކަނޑައެޅިފައިވަނީ ހުރިހާ ކުންފުންޏަކުންވެސް ޢަމަލުކުރަންޖެހޭ އެއްގޮތް ހަމަތަކެއް ނެތުމާއި އެސްއޯއީތަކުން ޢަމަލުކުރަމުންދާ ގޮތް މޮނިޓަރކުރެވޭނެ ގޮތެއް ނެތުމުން ކަމަށެވެ. އެހެންކަމުން ކޮރަޕްޝަނަށް މަގުފަހިނުވާނެ ގޮތަށް ޕްރޮކިއުމަންޓް، ރެކްރޫޓްމަންޓް އަދި ސީއެސްއާރްގެ ހަރަކާތްތަކާ ބެހޭ ހަރުދަނާ ޤާނޫނީ އަދި ރެގިއުލޭޓަރީ އޮނިގަނޑަކާއި އުސޫލުތަކެއް ބޭނުންވާކަން ދިރާސާގައި ފާހަގަކޮށްފައިވެއެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު