އާދިއްތަ, November 8
ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އިންޑިއާ އާއި އެކު މަޝްވަރާކޮށްފި
ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އިންޑިއާ އާއި އެކު މަޝްވަރާކޮށްފިއެވެ. އިންޑިއާ އާއި އެކު މި މަޝްވަރާ ކުރިއަށް ދިޔައީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، އިންޑިއާގެ ކޮމާސް ސެކްރެޓަރީ ސުނިލް ބަރްތްވާލް މިހާރު ރާއްޖެއަށް ކުރައްވަމުން އަންނަ ދަތުރުގެ ތެރެއިން ކުރެއްވި މަޝްވަރާ ގައެވެ. އިކޮނޮމިކް މިނިސްްޓްރީގައި ބޭއްވި މި ބައްދަލުވުމަށް ފަހު އިކޮނޮމިކް މިނިސްޓަރ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ރޮނގުން ގުޅުން ވަރުގަދަކޮށް، އިގުތިސާދީ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާ ކުރެއްވިކަމަށެވެ. މި ބައްދަލުވުމުގައި މިހާރު ކުރިއަށްދާ އެކި އެކި އިގްތިސާދީ މަސއްކަތްތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު