Saturday, October 31
ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި މަޙްޒޫމާއި ޝިމަންގެ މައްޗަށް ދައުވާކޮށްފި

ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު (21) އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން އިސްނަގައިގެން މާލޭގައި ކުރަމުންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ޢަބްދުﷲ މަޙްޒޫމް މާޖިދާއި ޢާއިޝަތު ޝިމަން އަޙްމަދުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ނަސޭހަތުގެ އެއްބަސްވުން ހަދަން ދެކޮޅު ހަދާފައިވާތީ ކަމަށް ބުނެ ޕީޖީ އޮފީހުން މަޙްޒޫމާއި ޝިމަންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ ޖޫން 25 ވަނަ ދުވަހުއެވެ.

ޝިމަންގެ މައްޗަށް ދައުވާކޮށްފައިވަނީ މުޒާހަރާކުރަމުން ދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އަޑުގަދަކުރާ ނެގި ވަގުތު، ފުލުހުންގެ ސަފު ރޫޅާލުމަށް ފަހު ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއަޅާފައިވާތީއެވެ.

މީގެ އިތުރުން މަޙްޒޫމަށް ދައުވާކޮށްފައިވަނީ މުޒާހަރާކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އަޑުގަދަކުރާ ނެގި ވަގުތު، މަޙްޒޫމް ފުލުހެއްގެ މޭ މަތީގައި ކަނާއަތުން އަޅައި ކޮއްޕާލާފައިވާތީއެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މި ހާދިސާ ތަޙުޤީޤު ކުރުމަށް ޚާއްޞަ ރިޔާސީ ކޮމިޝަނެއްވެސް އުފައްދަވައިފައެވެ.

އެ ކޮމިޝަނުން ވަނީ ތަޙުޤީޤު ފުރިހަމަކޮށް ތަޙުޤީޤު ރިޕޯޓުވެސް ޝާއިޢުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު