Saturday, October 31
ކުޅުދުއްފުށީގައި ބެޑްމިންޓަން އަމްޕަޔަރ ކޯސް ފަށައިފި
ކުޅުދުއްފުށި ސިޓީގައި ބެޑްމިންޓަން އަމްޕަޔަރ ކޯހެއް ފަށައިފިއެވެ. މިއީ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ކުޅުދުއްފުށި ސިޓި ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ކޯސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި 3 ވަނަ ދުވަހުން ފެށިގެން ޖުލައި 10 އާ ހަމައަށެވެ. މި ކޯހުގައި ޖުމުލަ 31 ފަރާތަކުން ބައިވެރިވެއެވެ. މި ކޯހުގެ މަޤުޞަދަކީ ބެޑްމިންޓަންގެ އޮފިޝަލްކަން ކުރުމުގެ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދިނުމެވެ. މި ކޯހުގައި ކިޔަވައިދެއްވާނީ ތަޖުރިބާކާރު ކޯޗުން ކަމަށްވާ ޢަލީ ޢަބްދުލް ކަރީމާއި އަޙްމަދު ޝިޔާމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު