އާދިއްތަ, November 8
ބައިނަލްއަޤްވާމީ މިންގަނޑަށް ބަނދަރުތައް ހިންގާތޯ ބެލުމުގެ މަޝަވަރާކޮށްފި

އެމެރިކާ ކޯސްޓްގާޑުން ރާއްޖޭގައި ގާއިމްކޮށް އޮޕަރޭޓްކުރަމުންދާ އިންޓަރނޭޝަނަލް ބަނދަރުތައް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ހިންގާތޯ ބެލުމަށްޓަކައި، ކޮންމެ އަހަރަކު ކުރިއަށް ގެންދާ ޕްރޮގްރާމުގެ މަޝްވަރާތައް  ފަށައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދަނީ މިނިސްޓްރީގެ ކަމާބެހޭ ބޭފުޅުންނާ އެމެރިކާ ކޯސްޓްގާޑުގެ ޓީމާ ދެމެދުގައެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ބަނދަރުތަކުގެ ސަލާމަތީ އިންތިޒާމުތަކާއި ހިންގުން، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްތޯ ކަށަވަރުކުރުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާުދެއެވެ.

މި ދިރާސާއިން ދިވެހިރާއްޖޭގެ ބަނދަރުތަކުގެ ސަލާމަތީ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވެދޭނެކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު