Monday, November 16
މާލޭ ގެއެއްގައި ބިދޭސީއަކު ބަންދުކޮށްފައި ހުރި މައްސަލައެއް ބަލަނީ

މާލޭ ގެއެއްގައި ބިދޭސީއަކު ބަންދުކޮށްފައި ހުރި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މާލޭ ގެއެއްގައި ހުއްދަ ނޫން ގޮތެއްގައި މީހަކު ބަންދުކޮށްފައި ހުރި ކަމަށް މިއަދު ހެނދުނު 6:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އެތަނުގެ ތަޅު ހަލާކުކޮށްލައިގެން ވަދެ، އެމީހާ އެ ތަނުން ނެރެފައިވާ ކަމަށާއި، އެއީ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ފުލުހުން އިތުރަށް ބުނީ އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް، ޞިއްޙީ ހާލަތު ބެލުމަށް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށާއި، އެ މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިވާ ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު