އާދިއްތަ, November 8
ތިމަރަފުށީގެ ކުނީގެ ހާލަތު ބެލުމަށް ދޮރުން ދޮރަށް!

މޯލްޑިވްސް ކްލީން އެންވަރަމެންޓް ޕްރޮޖެކްޓްއާއި ތިމަރަފުށި ކައުންސިލް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، ތިމަރަފުށީގެ ކުނީގެ ހާލަތު ބެލުމަށް "ދޮރުން ދޮރަށް" ސާރވޭ ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ.

ތިމަރަފުށީ ކައުންސިލުން ވަނީ މި ސަރވޭ ހިންގުމަށްޓަކައި ރަށުގެ އާންމު ފަރުދުންގެ ތެރެއިން 14 ފަރާތަކަށް މި ސާރވޭ ގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައެވެ.

ސާރވޭ ކުރިއަށް ދާނީ 03 ޖުލައި 2025 ވަނަ ދުވަހާއި 05 ޖުލައި 2025 ވަނަ ދުވަހުއެވެ.

މިސާރވޭ ގައި ކުރިން ނަން ނޯޓްކުރައްވާ ތަރުތީބުން، އެންމެ ފަހުން ޖީ. ސީ. އީ އޯލެވެލް ނިންމާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ސާރވޭގައި 18  އަހަރުން ދަށުގެ ކުދިން ބައިވެރިވާނަމަ އެ ފަރާތެއްގެ ބެލެނިވެރިއެއްގެ އިއުތިރާޟެއް ނެތް ކަމުގެ ސިޓީ އެއް ހުށަހަޅަންވާނެއެވެ.

ސާރވޭ ގައި ބައިވެރިވެލައްވާ ފަރާތްތަކަށް ކޮންމެ ދުވަހަކަށް 200 ރުފިޔާގެ އެލަވަންސް އެއް ދެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު