އާދިއްތަ, November 8
68000 ވުރެ ގިނަ މެންބަރުން ނާއި އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް ޕީއެންސީ
އެންމެ މެމްބަރުން ގިނަ ޕާޓީއަށް 68000 އަށް ވުރެ ގިނަ މެމްބަރުންނާއި އެކު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ( ޕީއެންސީ ) ވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަދާ ހަމަކޮށްފި އިއުލާންކޮށްފައެވެ. ކޮމިޝަނުން ޢާންމުކުރި ލިސްޓްގައި ވާގޮތުން އެންމެ މެންބަރުން ގިނައީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގަ އެވެ. އެ ޕާޓީގައި ޖުމުލަ 68665 މެންބަރުން އެބަ ތިއްބެވެ. އެ ޕާޓީއާ އެންމެ ގާތް ކުރާ އަދަދަކަށް މެންބަރުން ތިބީ އިދިކޮޅު އެމްޑީޕީގަ އެވެ. އެ ޕާޓީގައި 43،000 މެންބަރުންނެވެ.
ޕާޓީތަކުގެ މެމްބަރުންގެ އަދަދު:
  • ކޮންގްރެސް ޕާޓީ - 68،665 މެންބަރުން
  •  އެމްޑީޕީ - 43،765 މެންބަރުން
  •  ޖުމްހޫރީ ޕާޓީ - 13،456 މެންބަރުން
  •  އެމްޑީއޭ - 9،011 މެންބަރުން
  •  އަދާލަތު ޕާޓީ - 8،844 މެންބަރުން
  •  އެމްއެންޕީ - 5،836 މެންބަރުން
  •  ދަ ޑިމޮކްރެޓްސް - 3،547 މެންބަރުން
  •  ޕީއެންއެފް - 3،046 މެންބަރުން
  •  އެމްޓީޑީ - 2،272 މެންބަރުން
ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، ކޮންމެ 6 މަހަކުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ޢަދަދު އާއްމުކުރަންޖެހެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު