ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުމުގެ އާ ބާބެއް ހުޅިވިގެންދިޔަކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމުހޫރިއްޔާ ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނު ސިންގަޕޫރުން ފުރާވަޑައިގަންނަވަނީ މާނަހުރި މަޝްވަރާތަކާއެކު ގުޅިގެން މަސައްކަތްކުރުމުގެ އަޒުމުގައި ކަމަށެވެ. އަދި އެ މަނިކުފާނު ވަނީ ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރާ ދެމެދު ރާއްޖެއިން ސޮއިކުރި އެއްބަސްވުންތައް ވެސް ވަނީ ފާހަގަކުރައްވާފައެވެ.
"ރާއްޖެ އާއި ސިންގަޕޫރުގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރާ އިރު، މި ދަތުރުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އާ ބާބެއް ހުޅުވިގެންދިޔަކަމުގެ ޔަގީންކަން އެބައޮތް،" ރައީސް ވިދާޅުވިއެވެ.
I extend my sincere thanks to HE President @Tharman_S, HE Prime Minister @LawrenceWongST, and the government and people of Singapore for the warm hospitality during my state visit.
As I depart, I carry the spirit of our meaningful discussions that reaffirmed our shared…
— Dr Mohamed Muizzu (@MMuizzu) July 2, 2025
މީގެ އިތުރުން އެމަނިކުފާނު ވަނީ ސިންގަޕޫރުން ދެއްވި މެހެމާންދާރީއަށް އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޯންގް އާއި ސިންގަޕޫރު ސަރުކާރު އަދި އެ ގައުމުގެ ރައްޔިތުންނަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ.
ރާއްޖެއާއި ސިންގަޕޫރާއި ދެމެދު ތިމާވެށީގެ ދާއިރާއާއި، ދެމެހެއްޓެނިވިކަމާއި މަތީ ތަޢުލީމާއި އަދި ފަންނީ ދާއިރާތަކުން ތަމްރީނު ފުރުސަތު ފަހިކޮށްދިނުމާއި ގުޅޭ ފަހުމުނާމާތަކެއްގައި މިދަތުރުފުޅުގެ ތެރެއިންވަނީ ސޮއިކުރައްވާފައެވެ. މީގެ އިތުރުން ސިންގަޕޫރުގެ ކޯޕަރޭޝަން އެންޓަޕްރައިޒާއި ގުޅިގެން ޤާބިލިއްޔަތުކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ޢިލްމީ ދަތުރުތަކުގެ ފުރުސަތު ފަހިކުރުމަށްވެސް ވަނީ އެއްބަސްވެވިފައެވެ.
ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމަށް އަލިއަޅުއްވައި ރައީސް ވިދާޅުވީ މިފޯރަމުގެ ތެރެއިން ވިޔަފާރީގެ އެތައް ފުރުސަތުތަކެއް ފަހިވެގެން ދިޔަކަމަށެވެ.
ސިންގަޕޫރުގައި ކުރިއަށްދިޔަ ރާއްޖޭގެ އިންވެސްޓުމެންޓު ފޯރަމްގެ ތެރެއިން ވެސް އެއްބަސްވުންތަކެއްގައި ސޮއިކުރިއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ މަޝްރޫއެއްގެ ގޮތުގައި ހިންގާ ސޯލާ ސިޓީ މަޝްރޫއުގެ އެއްބަސްވުމުގައި ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ކުންފުންޏާއެކު ސޮއިކުރި އިރު، މަތީ ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ މަޝްރޫއުތަކެއް އެސްއީޒެޑްގައި ކުރިއަށްގެންދަން އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ހެންލޭ އެންޑް ޕާޓްނާސްއާއެކު ސޮއިކުރިއެވެ.
މި ލިޔުން ކިޔާލުމުން