ރައީސް ގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގެންފިއެވެ.
ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިފައިވާކަން ޔަޤީން ކުރައްވާ ކަމަށެވެ.
His Excellency President Dr @MMuizzu and First Lady Madam @sajidhaamohamed depart Singapore after concluding their state visit. Coinciding with the 50th anniversary of diplomatic relations between the two island nations, the visit included high-level meetings, the signing of… pic.twitter.com/DOtFROUc5Q
— The President's Office (@presidencymv) July 2, 2025
މީގެ އިތުރުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ ދެމަފިރިކަނބަލުންނަށާއި ސަރުކާރުގެ ވަފްދަށް ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގް އާއި އެޤައުމުގެ ރައްޔިތުން ދެންނެވި ހޫނު މަރުހަބާއަށާއި މެހެމާންދާރީއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މިދަތުރުފުޅުގެ ތެރެއިން ކުރެވުނު މަޝްވަރާތަކުގެ އަލީގައި، ބަދަހި ގުޅުމެއް ދެ ޤައުމު ދެމެދު ޤާއިމްވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާވަނީ މިދަތުރުފުޅުގެ ތެރެއިން ކުރެވުނު މަޝްވަރާތަކަށް ފަހު ދެ ޤައުމު ދެމެދު މުހިންމު އެމްއޯޔޫތަކެއްގައި ވަނީ ސޮއިކުރެވިފައެވެ.
މި ލިޔުން ކިޔާލުމުން