ރަށްރަށުން މާލެ އައިސް ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ޓެލެމެޑިސިންގެ ހިދުމަތް ތައާރަފުކުރަން ނިންމައިފިއެވެ.
އައޖިއެމްއެޗުން މިއަދު މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މި ޚިދުމަތް ފަށާނީ ޓެކްނޮލޮޖީގެ ގޮތުން ފެންވަރު ރަނގަޅު ހިދުމަތްތަކާއެކުކަމަށް.
ޑޮކްޓަރަށް ދެއްކުމުގައި ބަލިމީހުން އުފުލަން ޖެހޭ ތަކުލީފުތަކަށް ހައްލު ގެނެސްދިނުމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް، އެންސްޕާ އަދި އާސަންދައިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން އެ ފަރާތްތަކާ ސުވާލުކޮށް މައުލޫމާތު މިއަދު އިޖުތިމާޢީ ކޮމެޓީގައި ވަނީ ސާފުކޮށްފައެވެ.
އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު ޑރ. އައިމިނަތު ޒޭބާ އަހުމަދު ވިދާޅުވީ ޓެލެމެޑިސިންގެ ޚިދުމަތާއި އެކު ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓުމެންޓު ހޯދުމުގެ ކަންކަން ހައްލުވާނެ ކަމަށެވެ. އެގޮތުން ރީޖަނަލް ހޮސްޕިޓަލުތަކުގައި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގިނަ ފީޗާތައް ހިމެނޭ ޓެލެމެޑިސިން ސިސްޓަމްތައް ބަހައްޓައި ޓެލެމެޑިސިންގެ ހިދުމަތް ފަށަން މިހާރު ވަނީ ތައްޔާރުވެފައެވެ.
މި ހަފުތާގެ ތެރޭގައި އޭގެ ޓެސްޓިން ބުރުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ މިއަދު ވިދާޅުވިއެވެ.
މި ސިސްޓަމާއެކު ރިޕޯޓުތައް ޑޮކްޓަރަށް ދައްކަން ބަލިމީހާ މާލޭގައި މަޑުކުރަން ނުޖެހޭނެ ކަމަށާއި ޓެލެމެޑިސިން މެދުވެރިކޮށް އައިޖީއެމްއެޗުގެ ސްޕެޝަލިސްޓުންނަށް ދެއްކޭނެ ކަމަށް ޒޭބާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީއަށް ލިބިފައިވާ މައްސަލައަކާ ގުޅިގެން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އާސަންދަ ކޮމްޕެނީ ލިމިޓެޑް އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބޭފުޅުންނާ ބައްދަލުކުރުން pic.twitter.com/GfxXlWGLPM
— People's Majlis (@mvpeoplesmajlis) July 2, 2025
"ރަށްރަށުން ވަޑައިގެން ޑޮކްޓަރަށް ދެއްކުމަށް ފަހު، ޓެސްޓެއް ހަދާފައި ފަސް ދުވަސް ފަހުން އަނެއްކާ ރިވިއު ކުރަން ނުދެއްކިގެން އުޅުމުގެ މައްސަލައަށް ވެސް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ޓެލެމެޑިސިންގެ ހިދުމަތް ފެށުމުން،"ޑރ.ޒޭބާ ވިދާޅުވިއެވެ.
ސަރުކާރުން މިހާރު އަންނަނީ ހދ. ކުޅުދުއްފުއްޓާއި ފ. ނިލަންދޫގައި ޓެލެ މެޑިސިންގެ ހިދުމަތް ފަށަން ތައްޔާރުވަމުންނެވެ. ފ ނިލަންދޫގައި ޓެލެމެޑިސިންގެ ޚިދުމަތް ދިނުމަށް ބޭނުންވާ ސިސްޓަމް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.
މި ލިޔުން ކިޔާލުމުން