އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކާޑިއޯތޮރޭސިކް ސަރޖަރީ ކުރަން ފަށާނެ ކަމަށް އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމެޓީގައި މިއަދު މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޝާހު ވިދާޅުވީ އެ ޚިދުމަތް މިއަހަރު ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަކަމަށެވެ.
ހިތުގެ ބަލިތަކާއި ގުޅޭ ފަރުވާ ފުރިހަމަކުރުމަށް ކުރަމުން އަންނަ މަސައްކަތުން މިހާރު އެކަމަށް ބޭނުންވާ ބޭރުގެ ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ކާޑިއޯތޮރެސިކް ފަރުވާ އަކީ މޭމަތީގެ ތެރޭގައިވާ ގުނަވަންތަކުގެ ބަލިތައް ދެނެގަނެ ފަރުވާ ދިނުމަށް ޚާއްސަ ދާއިރާއެކެވެ. ކާޑިއޮތޮރޭސިކް ސާޖަރީއަކީ މޭ ފަޅައިގެން ކުރާ އޮޕަރޭޝަނެވެ.
މީގެ އިތުރުން ރެޑިއޮލޮޖީގެ ޚިދުމަތް ހަރުދަނާ ކުރުމަށްވެސް އިތުރު މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އިންޓަވެންޝަނަލް ރޭޑިއޮލޮޖީއަކީ ރާއްޖެ އަށް މުޅިން އަލަށް ތައާރަފްކުރާ ސްޕެޝަލިޓީއެކެވެ.
ހަމަމިއާއި އެކު އުމުރުން ދުވަސްވީ މީހުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޖެރިއަޓްރިކް ޚިދުމަތްވެސް ފެށުމަށް ވަނީ ނިންމާފައެވެ.
އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ ހިދުމަތް ފެށުމުން ޓެސްޓުތަކުގެ އެހީގައި ބަލިތައް ދެނެގަނެ، ގިނަ ޕްރޮސީޖާތައް ހެދޭނެ އެވެ.
މިއަދު މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި އައިޖީއެމްއެޗް، އާސަންދަ އަދި އެންސްޕާގެ އިސްވެރިން ވަނީ ކޮމެޓީ އަށް ޞިއްހީ ޚިދުމަތް ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތަފްޞީލް ހިއްސާކޮށްފައެވެ.
މި ލިޔުން ކިޔާލުމުން