Saturday, October 31
ހާލުގައި ދިރިއުޅޭ ގައިދީންގެ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަޝްވަރާކޮށްފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ޖަލުތަކުގައި ތިބި ގައިދީންގެ އާއިލާތަކުގެ ތެރެއިން ހާލުގައި ދިރިއުޅޭ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވުނު މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ގެ އިތުރުން ސީނިއަރ މެނޭޖްމަންޓުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޒަކާތު ހައުސް އިން ހާމަކުރާ ގޮތުގައި ޚާއްޞަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޖަލުގައި ތިބޭ ޤައިދީންގެ ޢާއިލާތަކުގެ ތެރެއިން ހާލަތުދަށް ޢާއިލާތަކަށް ޒަކާތު ހައުސް އިން ކަރެކްޝަނަލް ސަރވިސްގެ ކޯޕަރޭޓް ސޮސައިޓީ މެދުވެރިކޮށް ވެދެވެންހުރި އެހީތެރިކަން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގައިދީންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކަރެކްޝަނަލް ސަރވިސް އާ ގުޅިގެން ޒަކާތު ހައުސްއިން ފޯރިކޮށްދެވިދާނެ އިތުރު ކަންކަމާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

ޒަކާތު ހައުސް އަކީ މިހާރުވެސް ދިރިއުޅުމުގެ ހާލަތު ދަށް އެތައް އާއިލާތަކަށް ޒަރޫރީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ސަރުކާރުގެ އިދާރާއެކެވެ.

ޒަކާތު ހައުސް އިން ހާމަކުރާ ގޮތުގައި އެ އިދާރާގެ އެންމެ ބޮޑު މަޤުސަދަކީ ޒަކާތުގެ ހައްޤުވެރިންނަށް ފަސޭހަކަމާއި އަވަސްކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު