"ދިވެހި ބަހުން ރީތިކޮށް މުޢާމަލާތްކުރުމުގެ ސެޝަން"ގެ ނަމުގައި އިމިގްރޭޝަން އޮފިސަރުންނަށް ޚާއްޞަކޮށްގެން ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ސެޝަން ނަންގަވައިދެއްވީ ދިވެހި ބަހުގެ ލެކްޗަރަރ އަޙްމަދު ޝިޔާމެވެ.
"ދިވެހި ބަހުން ރީތިކޮށް މުޢާމަލާތްކުރުމުގެ ސެޝަން"ގެ ނަމުގައި އިމިގްރޭޝަން އޮފިސަރުންނަށް ޚާއްޞަކޮށްގެން މިއަދު ވަނީ ސެޝަން އެއް ކުރިއަށް ގެންގޮސްފައި. ދިވެހި ބަހުގެ ލެކްޗަރަރ އަޙްމަދު ޝިޔާމް ކިޔަވައިދެއްވި މި ސެޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން،ސީ.ޕީ (ރޓ) އަޙްމަދު… pic.twitter.com/UwnqMltZHU
— Maldives Immigration (@ImmigrationMV) July 2, 2025
މިއަދު ކުރިއަށްގެންދިޔަ މި ސެޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދު ފަޞީޙް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ލިޔުން ކިޔާލުމުން