މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރ. ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޓީޗަރުވެސް ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
ނަމަވެސް ހޮސްޕިޓަލުން ހާމަކުރާ ގޮތުގައި މި ހާދިސާގައި އަނިޔާވި ޓީޗަރަށް އަދިވެސް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައެވެ.
މި އެކްސިޑެންޓް ހިނގީ 18 އަހަރުން ދަށުގެ ދެ ކުދިން ދުއްވި ސައިކަލެއް، ކަސްރަތަށް މަގުމަތީގައި ހިނގަން އުޅުނު އެ ރަށު ސްކޫލުގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގައި ޖެހިގެންނެވެ. ސައިކަލް ދުއްވަން ތިބީ ދެ ކިޔަވާ ކުދިންނެވެ. މި ހަތަރު މީހުންނަށްވެސް ރ. އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ޓީޗަރާއި ދެ ކުދިން އިތުރު ފަރުވާއަށް މާލެއަށް ގެނެސްފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހުއެވެ. މާލެ ގެނެސް ޓީޗަރާއި ދެ ކުދިންނަށްވެސް ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގައެވެ. ނަމަވެސް މި ހާދިސާގައި އަނިޔާވި ދެ ކުދިން ވަނީ މިދިޔަ އާދީއްތަ ދުވަހު ވެންޓިލޭޓަރުން ނަގައިފައެވެ.
އެ ހާދިސާގައި ދެ ކުދިންގެ އިތުރުން ސީރިއަސް އަނިޔާތައް ލިބުނީ 49 އަހަރުގެ މީހަކަށް ކަމަށް ފުލުހުން ފާހަގަކުރިއެވެ. އަދި އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
މި ހާދިސާގައި އަނިޔާވި ޕްރިންސިޕަލުގެ ހާލު ރަނގަޅު ކަމަށް އުނގޫފާރު ހޮސްޕިޓަލުން ހާމަކުރެއެވެ.
މި ލިޔުން ކިޔާލުމުން