Saturday, October 31
ހުޅުދުއްފާރުން ބަންޑާރަ ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓު އާންމުކޮށްފި

ރ. ހުޅުދުއްފާރުން ބަންޑާރަ ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓު އާންމުކޮށްފިއެވެ.

ހުޅުދުއްފާރު ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ވަނީ ހުޅުދުއްފާރުން ބަންޑާރަ ގޯތި ދޫކުރުމަށް 25 ޖުލައި 2024ގައި ހުޅުވާލި ފުރުޞަތުގައި ގޯއްޗަށްއެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތަކާއި ޕޮއިންޓުގެ ގޮތުން އެއްވަރުވެގެން ގުރުއަތަށް ގޮސްފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން މިބުރުގައި ގޯތި ލިބުނު ޖުމްލަ 30 ފަރާތުގެ މަޢުލޫމާތު ޢާންމުކުރީމެވެ.

ހުޅުދުއްފާރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ދާއިމީ ލިސްޓް އާންމުކުރީ މިދިޔަ ޖޫން މަހުގެ 4 ވަނަ ދުވަހު އެވެ.

ހުޅުދުއްފާރުން ދޫކޮށްފައިވަނީ 2،000 އަކަފޫޓުގެ 30 ގޯއްޗެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު