އާދިއްތަ, November 8
ޖޫން މަހުގެ ނިޔަލަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ ޖޫންމަހު ގެ ނިޔަލަށް ރާއްޖެއަށް 1،108،130 ފަތުރުވެރިން އައިސްފައިވާ ކަމަށް  މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓުން ހާމަކޮށްފިއެވެ.

ޖޫން މަހު އެކަނި ރާއްޖެއަށް 141،772 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިއީ 2024 ވަަނަ އަހަރާއި އަޅާބަލާއިރު %15 ކުރިއެރުމެކެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި 5 ޤައުމު ތެރޭގައި ހިމެނީ:

  • ޗައިނާ: 141،162 ފަތުރުވެރިން
  • ރަޝިއާ: 126،780 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 108،371 ފަތުރުވެރިން
  • އިޓަލީވިލާތް: 86،891 ފަތުރުވެރިން
  • ޖަރުމަނުވިލާތް: 82،188 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީން މިއަހަރަށް އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް 1.1 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު