އާދިއްތަ, November 8
މެއި މަހުގެ ނިޔަލަށް އެންސްޕާއިން ބޭސްފަރުވާއަށް 121 މިލިއަން ރުފިޔާ ޚަރަދުކޮށްފި
މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ( އެންސްޕާ ) މެދުވެރިކޮށް ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި121 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެންސްޕާއިން ހާމަކޮށްފިއެވެ. އެންސްޕާޢިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ޕްރައިވެޓް ދެ ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ ހޮސްޕިޓަލާއި ޓްރީ ޓޮޕްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި މީހުންނަށް މިދިޔަ މެއި މަހު އެހީގެ ގޮތުގައި 7.4 މިލިއަން ރުފިޔާ ހވަނީ ޚަރަދުކޮށްފައެވެ. މިދިޔަ މަހު އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި 190 މީހަކަށް އެހީ ދީފައިވެ އެވެ. އެ މީހުންނަށް ޖުމްލަ ހަރަދަކީ 3.2 މިލިއަން ރުފިޔާ އެވެ. އެ ހޮސްޕިޓަލުން ފަރުވާ ހޯދި މީހުންގެ ތެރެއިން އެންމެ ގިނަ އެހީ ދީފައިވަނީ ވަނީ ހިތުގެ ބަލިތަކުގެ މީހުންނަށެވެ. ހިތުގެ ބަލީގެ 14 މީހަކަށް 994،871ރ. އެންސްޕާއިން ހަމަޖައްސައިދީފައިވެ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދި 334 މީހަކަށް 4.1 މިލިއަން ރުފިޔާގެ އެހީ ދީފައި ވާއިރު އޭގެ ތެރޭގައި އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ކަށީގެ ބަލިތަކަށެވެ. ޓްރީ ޓޮޕްގައި ކަށީގެ ބަލިތަކަށް ފަރުވާ ހޯދި 53 މީހަކަށް 1،221،484ރ. އެންސްޕާއިން ވަނީ ހަމަޖައްސައިދީފަ އެވެ. ޓްރީ ޓޮޕްގައި އެންމެ ގިނަ ބަޔަކަށް އެހީ ދީފައިވަނީ ވިހައިގެން އެޑްމިޓްކުރި މީހުންނަށެވެ. ވިހެއުމާ ގުޅޭ 64 ކޭސް އެއް ހިމެނޭ އިރު ދެ ވަނަ އަށް އެންމެ ގިނައީ ކަށީގެ ބަލިތަކުގެ ކޭސްތަކެވެ. އެއީ 53 އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނައީ ގޭސްޓްރޯއިންޓެސްޓިނަލްގެ ކޭސްތަކެވެ. އެއީ 40 އެވެ. އެންސްޕާއިން މުޅި ޖުމުލަ 121753820.63  ރުފިޔާ ބޭސްފަރުވާ އަށް ދަތިވާ ފަރާތްތަކަށް ފޯރުކޮށްދީފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު