އާދިއްތަ, November 8
ބުކިން.ކޮމް އާއި ގުޅިގެން ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ވޯކްޝޮޕެއް ބާއްވައިފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ބުކިން.ކޮމް އާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެސްޓްހައުސް އޮޕަރޭޓަރުންނަށް އެހީތެރިވުމުގެ ގޮތުން ވޯކްޝޮޕެއް ބާއްވައިފިއެވެ.

މި ވޯކްޝޮޕް ބާއްވާފައިވަނީ ސްޓެލްކޯގެ އޮޑިޓޯރިއަމްގައެވެ.

އެމްއެމްޕީއާރުސީން ބުނީ، ބުކިން.ކޮމް އާއި އެމްއެމްޕީއާރުސީއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ފެށި މި ވޯކްޝޮޕަކީ ގެސްޓްހައުސް ހިންގާ ފަރާތްތަކާއި މެނޭޖަރުންނަށް މުހިންމު މައުލޫމާތުތަކާއި މާކެޓިން ސްޓްރެޓެޖީތަކާއި ސްޓްރެޓެޖިކް އިންސައިޓްތައް ފޯރުކޮށްދިނުމުގެ މަގްސަދުގައި ފެށި ވޯކްޝޮޕެއް ކަމަށާއި އެ ވޯކްޝޮޕްގެ އަމާޒަކީ އެޕްރޮޕަޓީތަކުގެ ވިޒިބިލިޓީ އިތުރުކޮށް، އޮންލައިން ޕްރެޒެންސް ހަރުދަނާކޮށް، އެންމެ ފަހުން ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ބުކިން.ކޮމް ޕްލެޓްފޯމް މެދުވެރިކޮށް އިތުރު ވިޔަފާރިތައް އުފެއްދުން ކަމަށެވެ.

މި އިންޓަރެކްޓިވް ސެޝަންގެ ސަބަބުން ރާއްޖޭގެ ގެސްޓްހައުސްތަކަށް ބުކިން.ކޮމް ސީދާ މައުލޫމާތު ލިބުމުގެ ތަފާތު ފުރުސަތެއް ލިބުނު ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

މި ސެޝަންތަކުގައި ބައިވެރިން ވަނީ އެފަރާތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށާއި، ފުދުންތެރިކަން އިތުރުކުރުމަށް އަގުހުރި އިރުޝާދުތަކެއް ދީފައެވެ. އަދި އެފަރާތްތަކުގެ ޕްރޮޕަޓީ ލިސްޓިންތައް އޮޕްޓިމައިޒްކޮށް، އެންމެ ރަނގަޅު ޕާފޯމަންސަކަށް އަދި ގެސްޓުންނަށް އިތުރު އެޕްލިކޭޝަނެއް ދިނުމަށްޓަކައި ހަރުދަނާ ސްޓްރެޓެޖީތަކެއް ދަސްކުރިއެވެ.

މީގެ އިތުރުން، އޮންލައިން ވިޒިބިލިޓީ އާއި އާމްދަނީ ހޯދުމަށް ސީދާ ނުފޫޒު ފޯރުވާ އިންޑަސްޓްރީގެ އެންމެ ފަހުގެ ޓްރެންޑްތަކާއި އެޑްވާންސް ޓޫލްސްތަކާ ބެހޭ ގޮތުން ވެސް ބައިވެރިން ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ވިސްނާފައި ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީން ބުނީ، މި ވޯކްޝޮޕްގެ ސަބަބުން އެފަރާތްތަކުގެ ޑިޖިޓަލް މާކެޓިން ހުނަރު އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެން ދިޔަ ކަމަށާއި މި ވޯކްޝޮޕް ފަދަ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދީ، ބުކިންތައް އިތުރުކޮށް، މި ދާއިރާ އިތުރަށް ކުރިއެރުވޭނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު