ރައީސުލްޖުމްހޫރިއްޔާ، ކެނެޑާގެ ގަވަނަރ ޖެނެރަލް، ހަރ އެކްސެލެންސީ ރައިޓް އޮނަރަބަލް މޭރީ ޖޭ. ސައިމަން އާއި ކެނެޑާގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މާކް ޖޯސެފް ކަރނީ އަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި ދެޤައުމުގެ މެދުގައި އޮތް ގުޅުމާއި އެއްބާރުލުން ފާހަގަކުރައްވާފައިވެއެވެ. ގަވަނަރ ޖެނެރަލަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކެނެޑާގެ ރައްޔިތުންނަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. އަދި، ދިވެހިރާއްޖެ އާއި ކެނެޑާގެ ގުޅުމަކީ އިހްތިރާމާއި އެއްބާރުލުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ދިފާޢުގައި ކެނެޑާއިން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި، މިފަދަ މަސައްކަތްތަކުގައި ކެނެޑާއިން ދެމުންދާ އެއްބާރުލުން ފާހަގަކުރެއްވިއެވެ. ކެނެޑާގެ ބޮޑުވަޒީރަށް ފޮނުއްވި މެސެޖުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ޚާރިޖީ ގުޅުމަށް ބައްލަވާލައްވާފައެވެ. އެގޮތުން، 1981ވަނަ އަހަރު ދެޤައުމުގެ މެދުގައި ސިޔާސީ ގުޅުން ޤާއިމްކުރެވުނު ފަހުން، ތިމާވެށި ހިމާޔަތްކުރުމާއި މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ކެނެޑާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނޭކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު އަރުވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ހައްސާސް މައްސަލަތަކުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރައްވާނޭކަމުގެ ޔަޤީންކަން އަރުވަމުންނެވެ. ކެނެޑާ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު "އެކްސް" އެކައުންޓްގައި ވެސް ޕޯސްޓެއް ހިއްސާކުރައްވާފައެވެ. މިޕޯސްޓްގައި ކެނެޑާގެ ގަވަނަރ ޖެނެރަލާއި، ބޮޑުވަޒީރާއި، ރައްޔިތުންނަށް ހެޔޮ އެދުން އަރިސްކުރައްވަވައި، ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި އޮތް ގުޅުމަށް ބައްލަވާލައްވާފައިވެއެވެ. އަދި، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށްވެސް މި ޕޯސްޓްގައި އެމަނިކުފާނު އަލިއަޅުއްވާލައްވާފައިވެއެވެ. ކެނެޑާ ދުވަހަކީ 1867 ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހު، ކެނެޑާ ކޮންފެޑެރޭޝަން ޤާއިމްކުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ފެޑެރަލް ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ.On the occasion of Canada Day, I extend greetings and good wishes to Governor General HE the Rt Hon. Mary Simon @GGCanada, Prime Minister HE Mark Carney @CanadianPM, the government, and the people of Canada on the occasion of Canada Day.
I take this opportunity to highlight the… pic.twitter.com/ZiYaqicsaC — Dr Mohamed Muizzu (@MMuizzu) July 1, 2025

މިދިޔަ ސާޅީސް އަހަރުގެ ޑިޕްލޮމެޓިކް ގުޅުންތަކުގައި ރާއެްޖެއާއި ކެނެޑާއާއި ދެމެދު އޮތީ އެކުވެރި ގުޅުމެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކެނެޑާ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި ލިޔުން ކިޔާލުމުން





