Saturday, October 31
ސަރުކާރު ކުންފުނިތަކުގެ ޤާބިލުކަން އިތުރުކުރުމަށް ސިންގަޕޫރު ކޯޕަރޭޝަނާއެކު އެއްބަސްވެއްޖެ

ސަރުކާރު ކުންފުނިތަކުގެ ޤާބިލުކަން އިތުރުކުރުމަށް ސިންގަޕޫރު ކޯޕަރޭޝަން އެންޓަޕްރައިޒަސް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސިންގަޕޫރުގައި މިހާރު ކުރިއަށްގެންދާ ސިންގަޕޫރު-މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު، މޫސާ ޒަމީރު ސޮއިކުރެއްވިއިރު، ސިންގަޕޫރު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ އެގްޒެކެޓިވް އޮފިސަރ، ޓެލިއަން ޗޫއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި އެމްއޯޔޫގެ ބޭނުމަކީ ސްޓަޑީ ވިޒިޓްތަކާއި، ތަމްރީން ޕުރޮގުރާމުތަކާއި ކޮންސަލްޓަންސީ ޚިދުމަތްތައް މެދުވެރިކޮށް ސަރުކާރު ކުންފުނިތަކުގެ ޤާބިލުކަން އިތުރުކުރުމެވެ.

ސިންގަޕޫރު-ރާއްޖެ ބިޒްނަސް ފޯރަމް ކުރިއަށްގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކނަބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެިއންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު