Saturday, October 31
މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖުގެ ތަޞައްވުރަކީ ކުދިން ދިރިއުޅުމަށް ތައްޔާރުކުރުން: ވަޒީރު އާދަމް ޝަރީފު

މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖުގެ ތަޞައްވުރަކީ ކުދިން ދިރިއުޅުމަށް ތައްޔާރުކުރުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ 2025 ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ މި ތަޞައްވުރަށް ވާސިލުވުމަށްޓަކައި ދަރިވަރުންނަކީ އިސްލާމީ ޢަޤީދާ ވަރުގަދަ، އަމިއްލަވަންތަކަމާއި، ދިވެހި ޤައުމިއްޔަތު ދަމަހައްޓައި، ޤާބިލު އަދި އަމިއްލަ ނަފުސަށް އިތުބާރުކުރާ ފަރުދަކަށް ހަދަންޖެހޭ ކަމަށެވެ.

"އުނގެނުމާއި، ހޯދާބެލުމަށް ޝައުޤުވެރިވާ، ޢިލްމު އުފައްދާ ކާމިޔާބު ފަރުދަކަށް ހަދަންޖެހޭ. ތިމާގެ އަމިއްލަ ޢާއިލާއާއި، މުޖުތަމަޢުއާއި، ބަވަނަވަމުންދާ ދުނިޔޭގައި ހިއްސާ އަދާކުރާ، އުފެއްދުންތެރި، އަދި ޒިންމާދާރު ފަރުދަކަށް ހަދަންޖެހޭ"، ވަޒީރު ވިދާޅުވިއެވެ.

ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ 2025 ޝަރަފުވެރިކޮށްދެއްވައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖުގެ ތަޞައްވުރަށް ވާޞިލުވުމުގެ ޒިންމާ އުފުއްލަވަން، އެންމެ ބޮޑަށް މަސައްކަތް ކުރައްވަނީ މުދައްރިސުން ކަމަށް ވިދާޅުވިއެވެ.

ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ 2025ގެ މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާ، ތައްޓާ، ޝީލްޑް ޙަވާލުކޮށްދެއްވީ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ. އާދީއްތަ ދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތުގައި ތަޢުލީމީ ވުޒާރާގެ ވެރީންނާއި، ހުރަވީ ސުކޫލުގެ ވެރީންނާއި، މުދައްރިސުންނާއި، ބެލެނިވެރިންނާއި ގިނަ ޢަދަދެއްގެ ކިޔަވާކުދިން ބައިވެރިވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު