އާދިއްތަ, November 8
ބިިދޭސީންގެ ސިއްޙަތާއިބެހޭ ސިޔާސަތާއެކު އެންމެންނަށް ސިއްޙީ ޚިދުމަތް ކަށަވަރުވާނެ: މިނިސްޓަރ

ބިދޭސީންގެ ސިއްޙަތާ ބެހޭ ސިޔާސަތާއިއެކު ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވެސް ހަމަހަމަކަމާއެކު ސިއްޙީ ޚިދުމަތް ލިބޭނެގޮތް ކަށަވަރުވެގެންދާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޞިއްޙަތާ ގުޅޭ ސިޔާސަތު ނުވަތަ "ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ" އިފްތިތާޙްކުރުމަށް މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

"ހުރިހާ އެންމެންނަށް ވެސް ހަމަހަމަކަމާއެކު ސިއްޙީ ޙިދުމަތް ލިބޭނެ ގޮތް ކަށަވަރުކޮށްދިނުމަކީ މިއަދު އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު ގަބޫލުކުރާ ޒިންމާ" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ފެތުރޭ ބަލިތަކުގެ މިންވަރު ކުޑަކުރުމާއި، ސިއްޙީ ޙާލަތު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ބެލެހެއްޓުމާއި ބަލި މީހުންނަށް އެކަށީގެންވާ ފަރުވާއާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމާއި ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައް ވެސް މި ޕޮލިސީ އާއެކު ކުޑަކުރަވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިންގެ ސިއްޙީ ފަރުވާ ކަށަވަރުކުރެވުމުން މުޅި ޤައުމުގެ ސިއްޙީ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށާއި ވަޒީފާދޭ ފަރާތަކާއި، މިނިސްޓްރީތަކާއި، ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން މިކަމުގައި އެހީތެރިވެ ދިނުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

"ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ" އަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސިއްހަތު ރައްކާތެރިކުރުމާއި އެމީހުންނަށް ބޭނުންވާ ސިއްޙީ ފަރުވާއާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަރުދަނާކުރުމަށާއި ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތެރެއިން ބިދޭސީންގެ އާންމު ސިއްޙަތު ހަރުދަނާކުރުމެވެ. އަދި މިއީ، ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ސިއްޙީ ގޮތުން ލިބެންޖެހޭ އަސާސީ ހައްގުތައް އެންމެ ފުރިހަމައަށް ހޯދާ ދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) ހާސިލްކުރުމަށް އެކުލަވާލެވުނު މުހިއްމު ސިޔާސަތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު