އާދިއްތަ, November 8
ފަނޑިޔާރުކަމުން ވަކިވުމަށްފަހު ވެސް މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ޤާނޫނަށް އިސްލާހް ހުށަހަޅައިފި

ފަނޑިޔާރުކަމުން ވަކިވުމަށްފަހުގައި ވެސް އާއިލާ ހިމެނޭގޮތަށް އެމީހެއްގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މި އިސްލާޙް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއެވެ.

ބިލްގައި ހިމަނާފައިވާ ބައެއް އިސްލާހް ތަކަށް ބަލާއިރު، ފަނޑިޔާރުން އަދި މަގާމުން ވަކިވާ ނުވަތަ ވަކިކުރާ ފަރާތްތަކުގެ މަލީ ބަޔާން ހުށަހެޅުމާ ގުޅޭ ކަންކަންވަނީ އިތުރަށް ސާފު ކޮށްދީފައެވެ.

ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ތިން ހާލަތެއްގައި ފަނޑިޔާރުން މާލީ ބަޔާން ހުށަހަޅަން ޖެހޭނެއެވެ. އެއީ:

  • ފަނޑިޔާރަކު މަގާމާ ހަވާލުވިއިރު އޭނާގެ އާމްދަނީ އާއި އޭނާގެ ނަމުގައި ހުރި މުދަލާއި ދަރަނީގެ ހިސާބުތައް މަގާމާ ހަވާލުވާތާ ތިން މަސް ތެރޭ ޖޭއެސްސީއަށް ހުށަހަޅަން ޖެހުން
  • ފަނޑިޔާރަކު މަގާމުގައި ދެމި ހުރިހާ ހިނދަކު ކޮންމެ އަހަރަކު ވެސް އެ ތަފްސީލުތައް ހިމެނޭ މަލީ ބަޔާން ޖޭއެސްސީއަށް ހުށަޅަން ޖެހުން
  • އެއްވެސް ސަބަބަކާހުރެ އެ މަގާމުން ވަކިވުމަށް ފަހު ނުވަތަ އިސްތިއުފާދިނުމަށް ފަހު، މަގާމުން ވަކިވިއިރު ހުރި އާމްދަނީ އާއި މުދަލާއި އަދާކުރަން ޖެހޭ ދަރަނީގެ ތަފްސީލުތައް، މަގާމުން ވަކިވާތާ ތިން މަސް ތެރޭ ޖޭއެސްސީއަށް ހުށަހަޅަން ޖެހުން ހިމެނެއެވެ.

މި ތިން ހާލަތުގައި ވެސް މަލީ ބަޔާން ހުށަހަޅާ އިރު، އެ މީހަކު ކައިވެނިކޮށްގެން އުޅޭ މީހާ އާއި އޭނާގެ ސީދާ ބެލުމުގެ ދަށުގައިވާ ދަރިން އަދި ބަލަހައްޓާ އެހެން ފަރާތެއް ހުރި ނަމަ، އެ ފަރާތްތަކުގެ މާލީ ހިސާބުތައް ވެސް ހުށަހަޅަން ޖެހޭނެއެވެ. މިކަންކަން ގާނޫގައި ހިމަނަންވަނީ އިސްލާހް ހުށަހަޅާފައެވެ. ކުރިން މިކަންކަން ޤާނޫނުގައި ހިމަނާފައި ނުވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު