ރައްޔިތުންގެ މަޖިލީހުގެ ކޮނޑޭ ދާއިރާގެ މެންބަރު މުޙައްމަދު ފަޒީލާއި ކޮނޑޭ ކައުންސިލްގެ ރައީސް އަދި ކައުންސިލް މެންބަރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ބުރާސްފަތި ދުވަހުއެވެ.
ގއ. ކޮނޑޭ ކައުންސިލްގެ ރައީސް، މެންބަރުން އަދި މަޖިލިސް މެމްބަރު މުހައްމަދު ފަޒީލް މިއަދު ވަނީ މި ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) އަލީ ޒުހައިރުއާއި ބައްދަލު ކުރައްވައިފައެވެ. މި ބައްދަލުވުމުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން… pic.twitter.com/vP4lZxZfhG
— Road Development Corporation Ltd (@rdcmaldives) June 12, 2025
އާރުޑީސީން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ގއ. ކޮނޑޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
ސަރުކާރުން ވަނީ ކޮނޑޭގެ ރައްޔިތުންނަށް ބޭނުންވާ ބައެއް މުހިންމު މަސައްކަތްތައް އާރުޑީސީއާ ހަވާލުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން