އާދިއްތަ, November 8
ސިންގަޕޫރާއި އެކު އެއްބާރުލުން އިތުރުކުރުމަށް އެމްއޯޔޫތަކެއްގައި ސޮއިކޮށްފި
ދިވެހިރާއްޖެއާއި ސިންގަޕޫރުއާ ދެމެދު މުހިއްމު 3 ދާއިރާއަކުން ގުޅުން ބަދަހި ކުރުމަށް އެމްއޯޔޫތަކެއްގައި ސޮއިކޮށްފިއެވެ.
ތިން އެމްއޯޔޫ އަކީ:
  1. ޤާބިލުކަން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ސިންގަޕޫރު ސަރުކާރާ ދެމެދު ވެވޭ ފަހުމުނާމާ
  2. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ އާއި ސިންގަޕޫރުގެ މިނިސްޓްރީ އޮފް ސަސްޓެއިނަބިލިޓީ އެންޑް އެންވަޔަރަމަންޓާ ދެމެދު ވެވޭ ފަހުމުނާމާ
  3. މަތީ ތަޢުލީމާއި، ތަޢުލީމީ ސިޔާސަތާއި، ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމާއި ދިރާސާގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އާއި ސިންގަޕޫރުގެ އިންސްޓިޓިއުޝަން އޮފް ޓެކްނިކަލް އެޑިއުކޭޝަނާ ދެމެދު ވެވޭ ފަހުމުނާމާ
ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ހިމެނޭ، މި ފަހުމުނާމާތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ސިންގަޕޫރުގެ މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގައެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމަށް ސިންގަޕޫރުގެ ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ބައިވެރިވެވަޑައިގެންނެވިއެވެ. ރާއްޖެއާއި ސިންގަޕޫރްއާ ދެމެދު އެއްބަސްވުންތައް އެކުލަވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ޤާބިލްކަން އިތުރުކުރުމާއި، ތަޢުލީމީ ދާއިރާއާއި ތިމާވެށީގެ ދާއިރާ ހިމެނެއެވެ. ރައީސް ވިދާޅުވީ ސިންގަޕޫރުގެ ސަރުކާރާއިއެކު ކުރެވޭ މަޝްވަރާތަކާއި، އެކުލަވާލެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ، ރައްޔިތުންނަށް ފައިދާކުރަނިވި ނަތީޖާތަކެއް ހޯދޭނެކަމަށް ޔަޤީންކުރައްވާކަމަށެވެ. މި އެއްބަސްވުންތަކާއެކު ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން އިތުރު ދާއިރާތަކުން ބަދަހިވެގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު