Saturday, October 31
ބޭރުގެ ބައެއް އޮންލައިން ސައިޓުތަކުން ވިޔަފާރިކުރާއިރު ފީއެއް ނަގަނީ

އާއްމުކޮށް ދިވެހިން އޮންލައިން ވިޔަފާރިކުރާ ބައެއް ސައިޓުތަކުން ކުރާ ވިޔަފާރި މުއާމަލާތަށް 30 ޕަސެންޓްގެ ފީއެއް ނެގުމަށް ބީއެމްއެލް އިން ނިންމަިއފިއެވެ.

އެގޮތުން މިވަގުތު ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ފައިސާދައްކާއިރު 30 ޕަސެންޓާއި  ހަމައަށް ފީއެއް ނެގޭނެ ކަމަށްބީއެމްއެލްއިން މައުލޫމާތުދެއެވެ.

މިގޮތަށް އަމަލު ކުރާނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ. އަދި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ނުހިމެނޭނެ ކަމަށް ބީއެމްއެލް އިންބުނެއެވެ.

ރާއްޖޭން ބޭރުން މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލައެވެ.

ބޭންކުން ބުނީ ރާއްޖޭން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މުދަލާއި ޚިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާއިއެކު އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރ އެވެ. އަދި އޭޓީއެމްއިން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދަކީ 10 ޔޫއެސްޑޮލަރ ކަމަށްވެސް ބޭންކުން މައުލޫމާތުދެއެވެ.

ބޭންކުން އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދާ ދިނުމަށެވެ. ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށެވެ.

ބީއެމްއެލް އިން ވަނީ ޖުލައި އެކަކުން ފެށިގެން ބީއެމްއެމްއެލް ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 500 ޑޮލަރަށް މިއަދު ބޮޑުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު