އާދިއްތަ, November 8
މަޖިލީހުގައި އަންހެނުން ގެ ދައުރު ކުޑަވުމަކީ ޤައުމީ އަދި ދުނިޔޭގައި ވެސް ސަމާލުކަން ދޭން ޖެހޭ މައްސަލައެއް: ރައީސް
މަޖިލީހުގައި އަންހެނުން ތަމްސީލު ކުރާ މިންވަރު ދަށްވުމަކީ ދުނިޔޭގެ ފެންވަރުގައި ވެސް އަދި ގައުމީ ފެންވަރުގައި ވެސް އޮތް މައްސަލައެއް ކަމަށް ރައީސުލކްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިގެން ވިދާޅުވީ މިއަދު ފާހަގަކުރާ އިންޓަނޭޝަނަލް ޕާލަމެންޓްރިޒަމްގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ މި ދުވަސް މިއަދު ފާހަގަކުރާއިރު، ޑިމޮކްރަސީ ދަމަހައްޓައި، ހެޔޮ ވެރިކަމެއް ކުރިއެރުވުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު ކަމަށެވެ. ނަމަވެސް ޤާނޫނު ހަދާ މަޖިލިސްތަކުގައި އަންހެނުންގެ ދައުރު ކުޑަވުމަކީ ޤައުމީ ގޮތުންވެސް އަދި ބައިނަލްއަގުވާމީގޮތުންވެސް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ މައްސަލައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގެ މަޖިލީހުގައި އަންހެނުންގެ ދައުރު ކުޑަނަމަވެސް މިންތީގެ ހަމަހަމަކަން ޤާއިމުވެފައިވާ އަދި އެންމެން ޝާމިލުވާ މާހައުލެއް ޤާއިމުވެފައިވާ މަޖިލީހެއް އޮތްކަން ކަށަވަރުކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި ޤާނޫނު ހަދާ މަޖިލީހަކީ ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރާ، ހަރުދަނާ އުސޫލުތަކެއް ހިފަހައްޓާ ތަނަކަށް ހަދަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި މެސެޖުގައި، ދެފުށް ފެންނަ ގޮތަށް ކަންކަން ބެލެހެއްޓުމާއި ހަރުދަނާ ސިޔާސަތުތައް އެކަށައެޅުމާއި ފަރުވާތެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަކީ ރައްޔިތުންގެ މަޖިލީސްތަކާ މަތިކުރެވިފައިވާ ވަރަށް ބޮޑު ޒިންމާއެއްކަން އެ މަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖު ނިންމަވާލައްވާފައި ވަނީ، ޤާނޫނުހަދާ މަޖިލީސްތައް ހަރުދަނާ ކުރުމަށް އެކަށައަޅާފައިވާ އުސޫލުތައް ދަމަހައްޓައި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަގުސަދުގައި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރުމުގެ އަޒުމު އައު ކުރެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު އޭގެ ތެރޭގައި ހިމެނެނީ އެންމެ އަންހެން 3 މެންބަރުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު