Saturday, October 31
ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާ ހުށަހަޅާނެ ނިޒާމެއް ޤާއިމް ކޮށްފި

ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާތައް ހުށަހެޅުމަށް "މައިގްރެންޓް ވޯކަރ ރިސޯސަސް ސެންޓަރ" ގެ ނަމުގައި ސެންޓަރެއް މިއަދު ހޯމް މިނިސްޓްރީން ހުޅުވައިފިއެވެ. މި ސެންޓަރު ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައިއޯއެމް)ގެ ރީޖަނަލް ޑައިރެކްޓަރު އިޔޯރީ ކާޓޯއެވެ.

މި ސެންޓަރާއެކު، "މައިގްރެންޓް ކަނެކްޓް" ގެ ނަމުގައި އޮންލައިންކޮށް ޝަކުވާ ހުށަހެޅޭނެ ޕޯޓަލެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ. މި ޕޯޓަލްވެސް އިފްތިތާޙުކޮށްދެއްވާފައިވަނީ ހެލްތު މިނިސްޓަރު ނާޒިމެވެ.

އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވި ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީއަކަށްވެސް ޤާނޫނީ ރައްކާތެރިކަން ލިބި، އެ މީހުންގެ ޙައްޤުތައް ކަށަވަރުވާންޖެހެއެވެ. އަދި "ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީންގެ ބޭނުން ނަހަމަގޮތުގައި ބައެއް ފަރާތްތަކުން އަންނަނީ ހިފަމުން" ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަލަށް ޤާއިމުކުރެވުނު މި ދެ ޚިދުމަތުގެ ސަބަބުން، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށްވެސް ގަވާއިދުގެ ތެރެއަށް ވަނުމަށް މަގުފަހިވެގެންދާނެ ކަމަށް ޑރ. ފައިރޫޝް ވިދާޅުވިއެވެ. މި ސެންޓަރާއި ޕޯޓަލްގެ ޚިދުމަތް ތަޢާރަފުކުރެވުމަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު