Saturday, October 31
އަމާޒަކީ އެމްއޭސީއެލަށް ލިބޭ ފައިދާ އައު ޓާމިނަލާއެކު އިތުރުކުރުން: ޝަރީފު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ޓާމިނަލާއެކު ކުންފުންޏަށް ލިބެމުންދާ ފައިދާ އިތުރުކުރުމަކީ އެކުންފުނީގެ އަމާޒުކަމަށް، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ބޭއްވުނު އެމްއޭސީއެލްގެ 2024 ވަނަ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، އާ ޓާމިނަލްއާއެކު ކުންފުނިން ދެމުންދާ ޚިދުމަތްތައް އިތުރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި އާ ޓާމިނަލަކީ ރާއްޖޭގެ ފަތުރުވެރިކަމަށް "އިންގިލާބީ ބަދަލެއް" ގެނެސްދޭނެ ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާޙް ވިދާޅުވެފައިވަނީ ފާއިތުވި އަހަރު ކުންފުނިން ހޯދާފައިވާ ކާމިޔާބީތަކަކީ ކުންފުންޏަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި ކުންފުނީގެ ކުރިމަގު ފެންނަނީ އުޖާލާކޮށްކަމަށް ފާހަގަކުރައްވައި، އިތުރު ކާމިޔާބީތައް ހޯދުމަކީ ކުންފުނީގެ އުންމީދުކަމުގައި އޭނާ ވިދާޅުވިއެވެ.

2023 ވަނަ އަހަރަކީ އެމްއޭސީއެލްއަށް ރެކޯޑު އަހަރެއް ކަމަށްވެފައިވާއިރު، އެ އަހަރު ކުންފުންޏަށް 7.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބި، ސާފު ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 32.2 އިންސައްތައިގެ ކުރިއެރުމެކެވެ.

މިވަގުތު އެމްއޭސީއެލްގެ އެންމެ އިސް އަމާޒަކަށްވެފައިވަނީ އާ ޕެސެންޖަރ ޓާމިނަލް ހުޅުވުމުގެ މަސައްކަތެވެ. އާ ޓާމިނަލްގައި ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ގިނަ އުމްރާނީ ވަސީލަތްތަކެއް ޤާއިމްކޮށްފައިވާއިރު، ފަސިންޖަރުންނާއި، އެއާލައިންތަކާއި، ސްޓޭކްހޯލްޑަރުންނަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ކުންފުނީގެ އަމާޒުކަމުގައި ބަޔާންކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު