އާދިއްތަ, November 8
ފޮރިން މިނިސްޓަރ ސީޝެލްސްގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ސީޝެލްސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ސިލްވެސްޓަރ ރާޑެގޮންޑެ އަށް ފޮރިންގ މިނިސްޓަރ، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ގެ ަހްނިޔާގެ މެސެޖުގައި ސީޝެލްސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ‎ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި އެމަނިކުފާނަށާއި ސީޝެލްސް ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ އާއި ސީޝެލްސްއާ ދެމެދު އުފެދިފައިވަނީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި މި ގުޅުމަކީ ދެ ދެޤައުމުންވެސް އެއްގޮތް އަސާސްތަކެއްގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއްކަމަށާއި، މި ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމުގައި ޔަގީންކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު