މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް އަނެއްކާވެސް ޑރ. އަޙްމަދު އިނާޒް ޢައްޔަންކޮށްފިއެވެ.
އިނާޒު ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަނަކަށް ފުރަތަމަ ޢައްޔަންކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އޭނާއަކީ މީގެ ކުރިން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ބިޒްނަސް ސްކޫލްގައި އެސިސްޓަންޓް ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިނާޒް ޕީ.އެޗް.ޑީ ހާސިލުކުރެއްވީ ނިއުޒިލަންޑްގެ ޔުނިވަރސިޓީ އޮފް އޮކްލޭންޑުންނެވެ. މީގެ އިތުރުން ޑރ. އިނާޒް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ވެސްޓްމިންސްޓަރ އިން އިންޓަރނޭޝަނަލް ބިޒްނަސް އިކޮނޮމިކްސްގެ ދާއިރާއިންނާއި، ޔުނިވަރސިޓީ އޮފް މެންޗެސްޓަރ އިން ޑިވެލޮޕްމަންޓް އިކޮނޮމިކްސް އެންޑް ޕޮލިސީގެ ދާއިރާއިން ދެ މާސްޓަރސް ޑިގްރީ ހާސިލުކުރައްވައިފައެވެ. އޭނާ ބެޗްލަރސް ޑިގްރީ ހާސިލުކުރެއްވީ ސިންގަޕޫރުގެ ނޭޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޫރުން އިކޮނޮމިކްސްގެ ދާއިރާއިންނެވެ.
ޑރ. އިނާޒާއެކު ޕެންޝަން އޮފީހުގެ ބޯޑުގައި މިހާރު ތިއްބަވަނީ ޝިފާޒާ ވަޖީޙާއި، ފާޠިމަތު ޢަބްދުﷲ ކަމާލުއްދީނާއި، ޢަބްދުލް މަޖީދު ޢަލީ އާއި އަލްއުސްތާޛާ މިޒްނާ އަޙްމަދުގެ އިތުރުން އަލްއުސްތާޛު އަޝްރަފް ރަޝީދު އަދި އަޙްމަދު ސަރުވަޝް އާދަމާއި މުޙައްމަދު މާދިން ލަޠީފެވެ.
މި ލިޔުން ކިޔާލުމުން